ވަޒީފާގެ ފުރުޞަތު
ނަންބަރު: AIA-D1/IL/2015/0018
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 16:18
ސުންގަޑި: 03 އޮގަސްޓް 2015 16:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މިކުންފުނިން އިޢުލާންކޮށްފައިވާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް އެކަށީގެންވާ ވަރަށް ކުރިމަތިލާފައި ނުވާތީ އިޢުލާން ނަންބަރު AIA-D1/IL/2015/0012 ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް، މާލެ އޮފީސް

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް

އަސާސީ މުސާރަ:

ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި

މީގެ އިތުރުން ކެއުމުގެ އެލަވަންސް އާއި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޭލެވެލް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ކޯސް ފުރިހަމަ ކޮށްފައިވުން އަދި/ ނުވަތަ
  •  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ އަކުން (މެނޭޖްމަންޓް، ހިއުމަން ރިސޯސް ނުވަތަ އެޑްމިނިސްޓްރޭޝަން) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައި ވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • އޮފީހުގެ ޖެނެރަލް އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުން ތައްޔާރުކުރުމާއި، އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. އަދި އަހަރީރިޕޯޓު ތައްޔާރުކުރުމުގައި ސެކްޝަންގެ އިސް މުވައްޒަފުގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުން
  • އޮފީހަށް އަންނަ ސިޓީއާއި ތަކެތި ބަލައިގަނެ އެންޓްރީ ކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވޭތޯ ބެލުމާއި އެކަންކަމުގައި އެހީތެރިވެދިނުމާއެކު، އެ މަސައްކަތްތައް އިސްވެ ރާވާ ހިންގުން. އެޑްމިންއަށް އަންނަ މައްސަލަތައް ބަލައި ހައްލުކުރުން.
  • އޮފީހުގެ އެންމެހާ އިދާރީ މަސައްކަތްތަކާއި އެއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އިގިރޭސިން ފަރިތަކަމާއެކު ރަގަޅުފެންވަރެއްގައި މުޢާމަލާތު ކުރަންއެގުން.
  • ކޮމްޕިއުޓިންގ ކޯހެއް ހަދާފައިވުން އަދި މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުން ކުރަން ރަގަޅަށް އެގުން. (ޚާއްޞަކޮށް މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލް)
  • މަސައްކަތާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމޭފަދަ ހީވާގި މުރާލި މީހަކަށް ވުންް

ހުށަހަޅަންޖެހޭ ލިއުންތައް

  • ތަޢުލީމީ އަދި ފަންނީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)
  • ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ (މުއްދަތުހަމަނުވާ)
  • ޕޮލިސް ރިޕޯޓު
  • ޕާސްޕޯޓް ސައިޒް ޕޮޓޯ

ސުންގަޑި:

03 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 16:00ގެ ކުރިން

އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ލިއުންތައް ހުށަހަޅުއްވާނީ:

ހ.ގަދަމޫ ބިލްޑިންގ

2 ވަނަ ފަންގިފިލާ

ކ.މާލެ

ފޯން: 3017070

އީމެއިލް: [email protected]

20 ޖުލައި 2015