ދިވެހިރާއްޖެ
މިމިނިސްޓްރީގެ ނަންބަރު (IUL)22-PU/1/2014/458 ގެ އިޢުލާނާގުޅިގެން ތިރީގައި މިދަންނަވާ ފަރުނީޗަރ ސަޕްލައިކުރުމަށް އެގްރީމަންޓު ކުރެވުނު ފަރާތަށް މިތަކެތި މުއްދަތުގައި ސަޕްލައި ކޮށްދެވިފައިނުވާތީ، އަލުން މިތަކެތި ހޯދުމަށް އިޢުލާނު ކުރީމެވެ.
4 އޮފީސް ޗެއަރ (އެޑްމިން)
2 އޮފީސް މޭޒު (އެއްކޮޅުގައި ވަތްގަނޑުލީ)
6 ކަބަޑު (ކެމިކަލް ރައްކާކުރުމަށް)
6 ކަބަޑު (އެޕަރޭޓަސް ރައްކާކުރުމަށް)
6 ލައިބުރަރީ މޭޒު
6 ލައިބުރަރީ ޝެލްފު
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕުރޮކިއުމަންޓު ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕުރޮކިއުމަންޓު ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
30 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް |
6 އޮގަސްޓު 2015 (ބުރާސްފަތި)ދުވަހުގެ14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436/3341403 ނަންބަރު ފޯނަށެވެ.
6 ޝައްވާލް 1436