ދިވެހިރާއްޖެ
އިޢުލާން
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސާ، ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ހިންމަފުށީ ކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތް 06 މާރޗް 2025 ން 08 މާރޗް 2025 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 21 ޖަނަވަރީ 2025 ން ފެށިގެން 12 ފެބްރުއަރީ 2025 ގެ 14:00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްގެ އިދާރާއިންނާއި ހިންމަފުށީ ސްކޫލުންނާއި ހިންމަފުށީ ޕްރީސްކޫލުންނެވެ. އަދި މި އިޢުލާނުގެ ގެޒެޓް ލިންކުން ޑައުންލޯޑް ކުރެވޭނެ އެވެ.
މިމުބާރާތުގެ ޚާއްޞަ ވަނަތަކަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
- މުޅިމުބާރާތުން ހިތުން ކިޔެވުމުން 1 ވަނަ އަށް ޢުމްރާ ދަތުރު
- މުޅިމުބާރާތުން ބަލައިގެން ކިޔެވުމުން 1 ވަނަ އަށް ޢުމްރާ ދަތުރު
މީގެއިތުރުން މުބާރާތުގެ އެކިވަނަތަކަށް ކައުންސިލުން ކަނޑައެޅޭ ޚާއްޞަ އިނާމުތައް ހަމަޖެހިފައި ވާނެއެވެ.
މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއެކު ޢާއްމުކުރީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.