މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2025/5
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 30 ޖަނަވަރީ 2025 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީގެ ދަށުގައިވާ މުޢައްސަސާތަކަށް އެއަރ ފްރައިޓްކޮށް ރާއްޖެއިން ބޭރުން އަދި އަތޮޅު ތެރެއިން ގެންނަ އެންމެހާ ތަކެތި 2 އަހަރު ދުވަހުގެ މުއްދަތަށް ކްލިއަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް

                             އިޢުލާން

 

މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީގެ ދަށުގައިވާ މުޢައްސަސާތަކަށް އެއަރ ފްރައިޓްކޮށް ރާއްޖެއިން ބޭރުން އަދި އަތޮޅު ތެރެއިން ގެންނަ އެންމެހާ ތަކެތި 2 އަހަރު ދުވަހުގެ މުއްދަތަށް ކްލިއަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)23-PD(PMS)/23/2024/344 (19 ޑިސެމްބަރ 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 21 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުން ފެށިގެން 30 ޖަނަވަރީ 2025 ވާ  ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 ފެބްރުއަރީ 2025 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                             21 ރަޖަބް 1446ހ.

 

 

21 ޖަނަވަރީ 2025