ދިވެހިރާއްޖެ
އޮމަދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
އޮގަސްޓު 2015 އިން 31 ޑިސެމްބަރ 2015 ގެ ނިޔަލަށް މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 10:00 ގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ވަގުތުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލްގެ ނަންބަރު 6780572 އާ ގުޅުއްވުން އެދެމެވެ.
މި އިޢުލާން ނުކުތުމުން މި މަދަރުސާއިން ކުރި ( ނަންބަރު: GS-178-IUL-2015-26 އިޢުލާނު 12 ޖުލައި 2015 ) މިއަދު 20 ޖުލައި 2015 ން ފެށިގެން ބާޠިލުވީއެވެ. އެ އިޢުލާނު ބާޠިލުކުރީ " ދިވެހި ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު" ގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން އެންގުމާ ގުޅިގެންނެވެ.
04 ޝައްވާލް 1436