ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-LS/88/2025/5
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި:
04 ފެބުރުވަރީ 2025 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރަންޏެއް ނުވަތަ މައްސަލަައެއް އޮތް ފަރާތެއްވޭތޯ ބެލުމަށް
އިޢުލާން
ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މި ވުޒާރާއިން ކުއްޔަށްދޫކޮށްފައިވާ އދ. އޮށަގަލި ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްޤުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މި އިޢުލާން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އޮފީސް ބަންދުކުރުމުގެ ކުރިން، މި ވުޒާރާއަށް ލިޔުމަކުން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް އަންގަވައި ދެއްވުން އެދި، ޢާންމުކޮށް އިޢުލާންކުރީމެވެ.
އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.
21 ރަޖަބު 1446
21 ޖަނަވަރީ 2025