މަސައްކަތް
ނަންބަރު: (IUL)318-PP/318/2015/55
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 30 ޖުލައި 2015 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދަރަވަންދޫ މަސްޖިދުލް ޣާލީގެ ފުރާޅުގެ ޓިނު ބަދަލުކުރުމާއި، ފާޚާނާއަކާއި ގުދަން އަދި ވުޟޫކުރާ ތަން ހަދަން ބޭނުންވެއްޖެ

ބ. ދަރަވަންދޫ މަސްޖިދުލް ޣާލީގެ ފުރާޅުގެ ޓިނު ބަދަލުކުރުމާއި، ފާޚާނާއަކާއި ގުދަން އަދި ވުޟޫކުރާ ތަން ހަދަން ބޭނުންވެއްޖެއެވެ.

ދަރަވަންދޫ ކައުންސިލްގެ އިދާރާއިން ދެވޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ 11:00

އަންދާސީހިސާބު ހުށަހެޅުއްވުން

2015 އޮގަސްޓު 06 ވާ ބުރާސްފަތި ދުވަހުގެ 14:00

ހުށަހަޅުއްވާ އަންދާސީހިސާބުތަކަށް މާކްސް ދެވޭނީ، ހުށަހަޅުއްވާ އަގަށް %60 އަދި މުއްދަތަށް %40 އެވެ.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ބީލަން ގަބޫލު ނުކުރެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާ ގުޅުއްވުން އެދެމެވެ.

22 ޖުލައި 2015