ކުއްޔަށް ހިފުން
ނަންބަރު: (IUL) PSM-FP/ PSM/2024/21
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި:
23 ޖަނަވަރީ 2025 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިކުންފުނިން 1446 ވަނަ އަހަރުގެ ރަމަޟާންމަހަށް އުފައްދާ ޕްރޮގްރާމަކަށް 05 ދުވަހުގެ މުއްދަތަށް މަސްދޯންޏެން ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަަށް
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2024/21 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
GSRF-PSM TVM Pro/2025/18 |
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނިން 1446 ވަނަ އަހަރުގެ ރަމަޟާންމަހަށް އުފައްދާ ޕްރޮގްރާމަކަށް 05 ދުވަހުގެ މުއްދަތަށް މަސްދޯންޏެން ކުއްޔަށް ނަގަން ބޭނުންވެއެވެ.
ދޯނި ކުއްޔަށް ދޭ ފަރާތުން ހަމަޖައްސައިދެންޖެހޭ ކަންތައްތައް:
- 70 ފޫޓާއި 100 ފޫޓާއި ދެމެދުގެ މަސްދޯންޏަކަށް ވާންވާނެއެވެ.
- ދޯނި ބޭނުންކުރާ 05 ދުވަހު ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން ރޭގަނޑު 23:00 އަށް މަހަށް ދޯނި ފުރުމުގެ ކުރިން ދޯނި ތައްޔާރުކުރުމަށް ވަގުތު ބޭނުންވާނެއެވެ. ދޯނި ބޭނުންކުރާނީ 27 ޖަނަވަރީ 2025 އިން ފެށިގެން 28 ފެބްރުއަރީ 2025 އަށް 05 ދުވަހުގެ މުއްދަތަށެވެ.
- 3 ލޮކޭޝަނަކަށް މަސްބާނަން ދާނެޖެހޭނެއެވެ. (މާލެ އަތޮޅުގެ 03 ލޮކޭޝަން)
- ދޯނީގައި ފާހާނާއެއް ހުންނަން ޖެހޭނެއެވެ.
- މަސްބޭނުމަށް ބޭނުންކުރާ އެންމަސް، ބުޅި އަދި ކަންވާރު ފަދަ އާލާތްތައް ދޯނިން ލިބެންހުންނަން ވާނެއެވެ.
- ދޯނީގައި މަސްފިހުމަށް ބޭނުންވާ ނާށިފަދަ ތަކެތި ލިބެން ހުންނަންވާނެއެވެ.
- ދޯނި ކުއްޔަށްދޭ ފަރާތުން ދަތުރު އޮންނަ ކޮންމެ ރެއަކު 15 މީހުންގެ ޓީމަށް ރޭގަނޑު ކެއުން ހަމަޖައްސައިދޭންވާނެއެވެ.
ވީމާ، މަތީގައިވާ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތްކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން ތިރީގައި ބަޔާންކޮށްފައިވާ އީ-މެއިލްއަށް ކޯޓޭޝަން ފޮނުވައިދެއްވުން އެދެމެވެ.
ކޯޓޭޝަން މެއިލްކުރާނީ: [email protected]
20 ރަޖަބު 1446
20 ޖަނަވަރީ 2025
21 ޖަނަވަރީ 2025