މަސައްކަތް
ނަންބަރު: GS-82/2015/08
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 06 އޮގަސްޓް 2015 11:00
މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
456 ފޫޓްފާރު ރޭނުމާއި މިހާރު ހުރި ފާރު މަރާމާތުކުރުމަށް

އިޢުލާން

މި މަދަރުސާގެ ގޯޗަށް އިތުރުކުރެވިފައިވާ 456 ފޫޓްފާރު ރޭނުމާއި މިހާރު ހުރި ފާރު މަރާމާތުކުރުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 03 އޮގަސްޓު 2015 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މި ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއި، ބަދަލުގައި އަންނަ މީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީއަކާއި، އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށްފަހު 06 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ސްކޫލަށްދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

*ނޯޓު: އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500535 އަށް ގުޅުއްވާ.

16 ޖުލައި 2015