ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2025/2
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 26 ޖަނަވަރީ 2025 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 1446" ގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކުރުން

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ "އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 1446" ގައި ބައިވެރިވުމަށް އެދި އޮފީސްތަކުން އެދެމުންދާތީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ އިތުރުކުރެވިފައެވެ.

 

ވީމާ، މިމުބާރާތުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ޖެނުއަރީ 2025 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި ސެންޓަރަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިސެންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ނަންބަރު 3336767 އާއި ގުޅުއްވުން އެދެމެވެ.

20 ޖަނަވަރީ 2025