| 
 މަޤާމް 
 | 
 މަސައްކަތު 
 | 
| 
 ބޭނުންވާ އަދަދު 
 | 
 1 (އެކެއް) 
 | 
 މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 
 | 
 ރޭންކް: އެސް. އެސް. 1 
 | 
| 
 މުސާރަ 
 | 
 މަހަކު -/3100 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 މަހަކު -/1000 ރުފިޔާ 
 | 
| 
 ވަޒީފާ އޮތް ތަން 
 | 
 ބ. އަތޮޅު ހޮސްޕިޓަލް 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
 ބ. އަތޮޅު ހޮސްޕިޓަލް 
 | 
| 
   
  
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ކްލިނިކް އޭރިއާގެ ބިއްލޫރިތަކާއި، ދޮރާއި ދޮރުފަތްތައް ފޮހެ، އެތަންތަނުގެ މަކުނުވާ ފޮޅައި ސާފުކުރުން.
 
- އޮފީސް ބައިގައި ހިމެނޭ ހުރިހާ ސެކްޝަންތައް ކުނިކަހައި ސާފުކުރުމާއި، ދޮރާއި ދޮރުފަތްތައް ސާފުކުރުމާއި، މަކުނުވާ ފޮޅައި ސާފުކުރުން.
 
- ކްލިނިކް އޭރިއާ، އޮފީސް އޭރިއާގައި ހިމެނޭ ހުރިހާ ތަންތަނުގެ މެޝިނަރީޒް، ފަރުނީޗަރުފަދަ ތަކެތި ފޮހެ ސާފުކުރުން.
 
- ހޮސްޕިޓަލުން އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި، އެކި ތަންތަނުން ހޮސްޕިޓަލަށް ގެންނަންޖެހޭ ތަކެތި ގެނައުން.
 
- ހޮސްޕިޓަލުގައި ހުރި އިމާރާތްތަކުގެ ފުރާޅާއި ދިޔަދޮވި ސާފުކުރުމާއި، ގަސްއިންދުމާއި، ގަސްތައް ކޮށައި ފެންދީ ބެލެހެއްޓުން.
 
  | 
| 
 ތައުލީމާއި ތަޖުރިބާ 
 | 
 ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން. 
 | 
| 
 ވަޒީފާއަށް އެދޭ އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
 
  | 
| 
 ޢިނާޔަތްތައް 
  
 | 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 
- ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައި އޮންނަ އުސޫލުން ރިސްކް އެލަވަންސް.
 
  | 
| 
   
  
  
  
ހުށަހަޅަންޖެހޭ ލިޔުންތައް 
  
  
  
 | 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ބ. އަތޮޅު ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
 
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތް ކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް (އެކްރިޑިއޭޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
 
  | 
| 
 ސުންގަޑި 
 | 
 2015 އޮގަސްޓު 4 ވަނަ ދުވަހުގެ 14:30 ގެ ކުރިން ބ. އަތޮޅު ހޮސްޕިޓަލަށް. 
 | 
| 
 އިންޓަވިއު އޮންނާނެ ތާރީޚާއި ތަން 
 | 
 2015 ވަނަ އަހަރުގެ އޮގަސްޓު ނުވަތަ ސެޕްޓެންބަރުމަހުގެ ތެރޭގައި ބ. އަތޮޅު ހޮސްޕިޓަލުގައި. 
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 މަޢުލޫމާތު ސާފުކުރުމަށް ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުން އެދެމެވެ. 
 |