ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)368-AS/368/2025/6
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 29 ޖަނަވަރީ 2025 23:59
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު ދިއްގަރު ކައުންސިލަށް ބޭނުންވާ ފަރުނީޗަރު ހޯދުން

އިޢުލާން

މުލަކަތޮޅު ދިއްގަރު ކައުންސިލަށް ބޭނުންވާ ފަރުނީޗަރު ހޯދުން

                       މުލަކަތޮޅު ދިއްގަރު ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މި ކައުންސިލަށް ފަރުނީޗަރު ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވައިލަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

2025  ޖަނަވަރީ 29 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިން    https://forms.gle/V4j48qpNGu9EGfR37 ލިންކު މެދުވެރިކޮށް ނުވަތަ މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ[email protected]  އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރުން

އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާނަމަ ތިރީގައިވާ މައުލޫމާތު ހިމަނުއްވަން ވާނެއެވެ.

-    އިޢުލާން ނަންބަރު (ކޮން އަންދާސީ ހިސާބެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-    ރަޖިސްޓްރީ ކުރާ ފަރާތުގެ ނަން (އަމިއްލަ ފަރުދުންގެ ވިޔަފާރި/ ޕާޓްނާޝިޕް/ ކުންފުނި/ ކޯޕަރޭޓިވް ސޮސައިޓީ)

-  ރަޖިސްޓްރީ ނަމްބަރު

-    ގުޅޭނެ ފޯނު ނަންބަރު

-    އީމެއިލް އެޑްރެސް

-     ބީލަމާއި ގުޅޭގޮތުން މުއާމަލާތު ކުރާނެ ފަރާތެއްގެ ނަން

މައުލޫމާތު ދިނުމުގެ ބައްދަލުވުން

މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ނަމަ[email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ބީލަން ހުށަހެޅުން

2025 ފެބްރުއަރީ 03 ވާ ހޯމަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި.

(ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.)

އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވެ.

20 ޖަނަވަރީ 2025