ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2025/12
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 21 ޖަނަވަރީ 2025 12:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީން މަރަމާތު ކުރުމުގެ ތަމްރީންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

އެމްޓީސީސީގެ ފަރާތުން ގދ. އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަން ހަރަކާތުގެ ތެރެއިން އިންބޯޑް އަދި އައުޓްބޯޑް އިންޖީން ގެންގުޅުއްވާ އޮޑިވެރިންނާއި އިންޖިނިއަރުން އަދި އިންޖީން މަރާމާތުކުރުމަށް ޝަޢޫޤުވެރިވެލައްވާ ފަރާތްތަކަށް ޙާއްސަކޮށްގެން 1 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް 23 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހު ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ އެމްޓީސީސީގެ ތަޖުރިބާހުރި އިންޖިނިއަރަކާއިއެކު، ތިއަރީ ސެޝަންތަކުގެ އިތުރުން ޕްރެކްޓިކަލް ސެޝަންތަކަކަށް ބަހާލައިގެންނެވެ. މިތަމްރީނުގެ ބައިވެރިންގެ ދަތުރުގެ އެންމެހާ ކަންތައްތައް އެމްޓީސީއިން ހަމަޖައްސައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަމާއި އެޑްރެސް އަދި ފޯން ނަންބަރު 2025 ޖަނަވަރީ 21 ވަނަ ދުވަހުގެ 12:00 ގެ ކުރިން 7882295 އަށް މެސެޖްކޮށްދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

20 ޖަނަވަރީ 2025