މަސައްކަތް
ނަންބަރު: 2015/04
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 03 އޮގަސްޓް 2015 11:00
އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ސ.ހުޅުދޫ ރަށްވެހިގެ (ކުރީގެ ޑިޓޮކްސް ސެންޓަރ) މަރާމަތުކުރުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ބޭނުމަކަށް، ސ.ހުޅުދޫ ރަށްވެހިގެ (ކުރީގެ ޑިޓޮކްސް ސެންޓަރ) މަރާމާތުކުރުމަށް ކުރެވުނު މި ކޯޓުގެ ނަމްބަރު 03/2015 (5 ޖުލައި 2015) އިޢުލާން ގެޒެޓުކުރެވިފައިނުވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ވީމާ، ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ބޭނުމަކަށް، ސ.ހުޅުދޫ ރަށްވެހިގެ (ކުރީގެ ޑިޓޮކްސް ސެންޓަރ)، އަމިއްލަ ތަކެތީގައި މަރާމަތުކޮށްދިނުމަށް އެދޭފަރާތްތަކުން 03 އޮގަސްޓު 2015 ދުވަހުގެ 11:00 އަށް ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 އޮގަސްޓު 2015 ދުވަހުގެ 13:00 ގައި މި ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.

04 ޝައްވާލް 1436

20 ޖުލައި 2015