ބީލަން
ނަންބަރު: (IUL)417-IMS/417/2025/11
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 09:22
ސުންގަޑި: 23 ޖަނަވަރީ 2025 13:30
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު

މިއިޢުލާން އާއި އެކު އާންމުކުރެވިފައިވާ ކުރެހުމާއި އެއްގޮތަށް ހޯނޑެއްދޫ ބަނދަރު ސަރަހައްދު 06 މަސް ދުވަހުގެ މުއްދަތަށް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ބޭނުން ވެއްޖެއެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ ކުރެހުމުގައި ފާހަގަ ކޮށްފައިވާ ކޮންމެ ޕްލޮޓެއް ސާފުކޮށްދެވޭނެ އަގު ވަކިން އެގޭނެ ގޮތަށެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 ޖަނަވަރީ 2025 ގެ 13:30 އަށް މިއިދާރާ އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވާނީ ދެންނެވިފައިވާ ގަޑީގައި ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ.

ކޯޓޭޝަން ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ ކުންފުނި / ކޯޕަރޭޓިވްގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރައްވާ ބިޒްނަސް ޕްރޮފައިލްގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، ކޯޓޭޝަން ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި ކޯޓޭޝަން ހުށައެއްނޭޅޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޖަނަވަރީ 2025