ދިވެހިރާއްޖެ
މިމިނސްޓްރީގެ ދަށުން ހިންގަމުންދާ ތިރީގައިމިވާ އޮފިސްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ފެޑް ސެންޓަރ / ހުޅުމާލެ
- މެރައިން ރިސާރޗް ސެންޓަރ/ މާލެ
ވީމާ، މިމަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގެ 4 ވަނަ ފަންގިފިލާގެ ޖަލްސާކުރާމާލަމްއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގެ 4 ވަނަ ފަންގިފިލާ ޖަލްސާކުރާމާލަމްއަށް) ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
03 އޮގަސްޓު 2014 (ހޯމަ) ދުވަހުގެ 11:00 އަށް |
30 ޖުލައި 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް |
މައުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައިނުވާ ވާހަކަދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/3339239 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ.