ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ހއ ބާރަށް ރަމްޒުކޮށްދޭ މޮނިއުމަންޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި ނަންބަރު: 257/2574/2024/102(IUL) (12 ޑިސެމްބަރ 2024) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ ކުރިން ކުރި ޢިއުލާން ބާތިލްކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިދާރާގައި ރަޖިސްޓަރވުމަށް އެދި [email protected] އަށް އީމެއިލްކުރައްވާ އަދި މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މައުލޫމާތާއި އެއްގޮތަށް މޮނިއުމަންޓް ފަރުމާ ކުރުމަށްފަހު ހުށައެޅުންއެދެމެވެ.
މޮނިއުމަންޓް ފަރުމާ ކުރުމަށް ރަޖިސްޓަރ ކުރުން: |
26 ޖަނަވަރީ 2025 ވަނަ ދުވަހުގެ 11:00 ގެ ކުރިން. |
މޮނިއުމަންޓް ފަރުމާ ކުރުމަށްފަހު ހުށައެޅުން: |
05 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން. |
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016 ،6500172 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ރަޖަބު 1446
19 ޖަނަވަރީ 2025