ދިވެހިރާއްޖެ
މަސްޖިދު އިބްރާހީމްގެ ކުލަލުމާއި ސީލިންގ ބަދަލުކުރުމާއި ފުރާޅުން ފެން ލީކްވާ މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ،
މަސްޖިދު އިބްރާހީމްގެ ކުލަލުމާއި ސީލިންގ ބަދަލުކުރުމާއި ފުރާޅުން ފެން ލީކްވާ މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
މަޢުލޫމާތު ސާފުކުރުން |
23 ޖަނަވަރީ 2025 (ބުރާސްފަތި) |
10:00 |
ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް |
އަގު ހުށަހެޅުން |
29 ޖަނަވަރީ 2025 (ބުދަ) |
10:00 |
ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް |
މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.