ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި:
21 ޖަނަވަރީ 2025 13:30
ދަމަނަވެށި
ދިވެހިރާއްޖެ
ދިވެހިރާއްޖެ
A2 ޝީޓު ބާތިލުކުރުމާއި ގުޅޭ
ދަމަނަވެށީގެ 23/23/2024/341(IUL) ނަންބަރު އިއުލާނަށް ހަވާލާދީ ދަންނަވަމެވެ.
ސިވިލް ސަރވިސްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ތެރެއިން ދަމަނަވެށީގެ ރެޖިސްޓަރޑް ނަރސް މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް 15 ޖަނަވަރީ 2025 ގައި ގެޒެޓްގައި އާންމު ކުރިއިރު ހިނގާފައިވާ އިދާރީ ކުށަކުން އެއް ކެނޑިޑޭޓްގެ މާކްސް ނުދެވި ހުރިކަމަށް ފާހަގަވެފައި ވާތީވެ، 15 ޖަނަވރީގައި އާއްމުކޮށްފައިވާ ޝީޓު ބާތިލްކޮށްފައިވާވާހަކަ ދަންނަވަމެވެ. އަދި އިސްލާހުކޮށްފައިވާ ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް މިނިސްޓްރީ އޮފް ހެލްތުގެ ތިރީގައި މިވާ ލިންކުން ފެންނަން ހުންނާނެއެވެ.
މި A2 ޝީޓާއި ގުޅިގެން ޝަކުވާއެއް އޮތްނަމަ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި (21 ޖަނަވރީ 2025ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން) އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. ޝަކުވާ ހުށަހެޅުމަށް މެއިލް ކުރާނީ [email protected] އަށެވެ.
16 ޖަނަވަރީ 2025