މަސައްކަތް
ނަންބަރު: (IUL) PSM-FP/ PSM/2024/20
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 21 ޖަނަވަރީ 2025 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޑްރާމާ ސީރީޒަކަށް ތީމް ސޯންގެއް (ދިވެހި ލަވައެއް) ތައްޔާރު ކޮށްދޭނެފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2024/20

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

GSRF-PSM TVM Pro/2024/171

 

 

 

އިޢުލާން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މިކުންފުނިން 1446 ވަނަ އަހަރުގެ ރަމަޟާންމަހަށް އުފައްދާ 06 އެޕިސޯޑްގެ ޑްރާމާ ސީރީޒަކަށް ތީމް ސޯންގެއް (ދިވެހި ލަވައެއް) ތައްޔާރު ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)PSM-FP/PSM/2024/388 އިޢުލާނާއި ގުޅިގެން މަސައްކަތް ހަވާލުކުރެވުނު ފަރާތަށް އެމަސައްކަތް ކުރެވިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ލަވަ ތައްޔާރުކުރާ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް:

  • ލަވައިގެ ޅެން (ޕީ އެސް އެމް އިން ފޯރުކޮށްދޭނެ)
  • ލަވައިގެ މިއުޒިކް ކޮމްޕޯސްކޮށް މިއުޒިކް ރެކޯޑިންގ
  • ލަވައިގެ މިކްސިންގ އަދި މާސްޓަރިންގ
  • ލަވަކިޔުން (އަންހެން ފަންނާނެއް)

ވީމާ، މަތީގައިވާ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތްކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 21 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން ތިރީގައި ބަޔާންކޮށްފައިވާ އީ-މެއިލްއަށް އަގާއި މަސައްކަތް ނިންމޭނެ މުއްދަތު އެނގޭނެގޮތަށް ކޯޓޭޝަން ފޮނުވައިދެއްވުން އެދެމެވެ.

 

ކޯޓޭޝަން މެއިލްކުރާނީ: [email protected]

                      19  ރަޖަބު 1446

                      19 ޖަނަވަރީ 2025

19 ޖަނަވަރީ 2025