އިޢުލާނު
|
މަޤާމު:
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-332211
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް. އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް، ކްލައިމެޓް ފައިނޭންސިންގ ސެކްޝަން/ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، މާލެ
|
މުސާރަ:
|
-/7035 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
- ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 . އަދި ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތުހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900.00 ރުފިޔާ
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ބައިނަލްއަޤުވާމީ ކުލައިމެޓް ފަންޑުތަކުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ހޯދުމަށްޓަކައި ބޭނުންވާ ޕްރޮޕޯސަލްތައް ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ތައްޔާރުކުރުމާއި އަދި މިފަދަ ފަންޑުތަކަށް ހުށަހެޅުމަށް ރާއްޖެއިން އިސްކަންދޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ އެކްޝަންޕްލޭންތައް ކަނޑައެޅިފައިވާ ތާވަލުތަކެއްގައި ތައްޔާރުކުރުމާއި، މުރާޖަޢާކުރުމާއި އަދި މިމަސައްކަތުގައި ޑިޕާރޓްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ގްރީން ކުލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް) ފޯކަލްޕޮއިންޓުގެ ޙައިސިއްޔަތުން ޑިޕާރޓުމަންޓުން ކުރާ މުޢާމަލާތްތަކާއި އަދި ގުޅުންހުރި މަސައްކަތްތައް ކުރުމުގައި، މިފަންޑުގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި ކަނޑައެޅިފައިވާ ފަރާތައް އެހީތެރިވެދީ މިކަމުގައި ޢަމަލީގޮތުން ބައިވެރިވުން.
- ޖީ.ސީ.އެފް. ގެ "ނެޝަނަލް ސްޓްރެޓެޖިކް ފްރޭމްވާރކު" ކަނޑައެޅިފައިވާ އުސޫލުތަކާއި އަދި ތާވަލުތަކާއި އެއްގޮތަށް އެކުލަވާލުމާއި އަދި މިޕުލޭން ތަންފީޒު ކުރެވޭ މިންވަރު ބެލޭނެ އިންތިޒާމްތައް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމާއި، މި ފްރޭމްވާރކު މުރާޖަޢާ ކުރުމާއި އަދި ފްރޭމްވާރކްގައި ހިމެނޭ ދާއިރާތަކުން އެހީހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މިކަމަށް ބޭނުންވާ، އަދި ޖީ.ސީ.އެފް. ޤަބޫލުކުރާ އެހީތެރިން (އެކްރެޑިޓެޑް އެންޓިޓީސް) ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޖީ.ސީ.އެފް. އާއި ގުޅިގެން ރާއްޖޭގައި ތަންފީޒު ކުރެވޭ މަޝްރޫޢުތައް ތަންފީޒުކުރުމުގައި، ޖީ.ސީ.އެފް.ގެ ފޯކަލް ޕޮއިންޓުގެ ޙައިސިއްޔަރުން ޑިޕާރޓުމަންޓުން ތައްޔާރު ކުރަންޖެހޭ ރިޕޯރޓުތަކާއި އަދި ހަދަންޖެހޭ ރިވިއުތަކާއި އަދި މިނޫންވެސް މިކަމާއި ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރު ކުރުން.
- ރާއްޖޭގެ ޤައުމީ އަދި މާލީ އިދާރާތައް ބައިނަލްއަޤުވާމީ ކުލައިމެޓް ފަންޑުތައް ކަމަށްވާ ޖީ.ސީ.އެފް، އެޑަޕްޓޭޝަން ފަންޑު ފަދަ ފަންޑުތަކަށް އެކްރެޑިޓް ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން، ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކުރަންޖެހޭ މުޢާމަލާތަކާއި އަދި ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް މިމަސައްކަތް ވިލަރެސް ކުރުން
- ކުލައިމެޓް ފައިނޭސް ދާއިރާ ހަރުދަނާ ކުރުމަށް ހަދަންޖެހޭ ސިޔާސަތުތަކާއި ޤަވާޢިދުތަކާއި މިންގަޑުތައް އަދި އެކްޝަން ޕްލޭންތައް ބައިނަލްއަޤްވާމީ ހަމަތަކާއި އެއްގޮތަށް ތައްޔާރުކޮށް ތަންފީޒު ކުރުމާއި އަދި މިކަމަށް މަގުފަހިކުރުމަށް ޑިޕާރޓުމަންޓުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުން.
- ކުލައިމެޓް ފައިނޭންސް މަސައްކަތް ކުރުމުގައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި އަދި ޤައުމީ އިދާރާތަކާއި ވަކިން ޚާއްސަކޮށް މިނިސްޓްރީ އޮފް ފިނޭންސާއި ކުރަންޖެހޭ މުޢާމަލާތްތައްކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި މިމަސައްކަތުގައި ދޭންޖެހޭ އެއްބާރުލުން ދިނުމާއި، އަދި ސަރުކާރުގެ "ރިސޯސް މޮބިލައިޒޭޝަން" ސްޓެރެޓެޖީތައް ޝާމިލު ކުރެވިފައިވޭތޯ ޔަޤީން ކުރުން.
- މިދާއިރާއާއި ގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި މީހުން ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާ ކުރުމާއި މިކަމަށް މަގުފަހިކޮށް ދިނުން.
- މަސައްކަތާއި ގުޅޭގޮތުން ޑިޕާރޓުމަންޓުގައި ކުރެވޭ އެންމެހައި މަސައްކަތްތަކުގައި ބައިވެރިވުމާއި، އެއްބާރުލުން ދިނުމާއި އަދި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މަސައްކަތާއި ގުޅޭގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ ބައްދަލުވުންތަކާއި އަދި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި އަދި ހުށަހަޅަންޖެހޭ ކަރުދާސްތަކާއި ޕްރެޒެންޓޭޝަންތައް ހުށަހެޅުން
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެޓްމޮސްފިއަރިކް ކެމިސްޓްރީ
- އެޓްމޮސްފެރިކް ސައިންސް
- ބަޔޯ ޑައިވާސިޓީ
- ކެމިކަލް އިންޖިނިއަރިންގ
- ކެމިސްޓްރީ
- ސިވިލް އިންޖިނިއަރިންގ
- ކްލައިމެޓް ޗޭންޖް
- ކްލައިމެޓް ސައިންސް
- ކްލައިމެޓޮލޮޖީ
- ކޯސްޓަލް އިންޖީނިއަރިންގ
- ކޯސްޓަލް ޒޯން މެނޭޖްމަންޓް
- ކޮމްޕިއުޓަރ ސައިންސް
- ޑިވެލޮޕްމަންޓް ސްޓަޑީޒް
- އިކޮނޮމިކްސް
- އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް
- އިލެކްޓްރިކަލް އިންޖިނިއަރިންގ
- އެނަރޖީ
- އެނާޖީ އިންޖިނިއަރިންގ
- އެނާރޖީ މެނޭޖްމަންޓް
- އެނާރޖީ ޕޮލިސީ
- އެންވަޔަރަންމެންޓަލް ކެމިސްޓްރީ
- އެންވަޔަރަންމެންޓަލް އިކޮނޮމިކްސް
- އެންވަޔަރަންމެންޓަލް އިންޖިނިއަރިންގ
- އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
- އެންވަޔަރަންމަންޓަލް ޕޮލިސީ
- އެންވަޔަރަންމެންޓަލް ސައިންސް
- އެންވަޔަރަމެންޓަލް ސްޓަޑީޒް
- ޖިއޯމެޓިކްސް
- ޖިއޮމެޓިކް އިންޖީނިއަރިންގ
- ޖިއޯސްޕާޝިއަލް ސައިންސް
- ޖިއޯޓެކްނިކަލް އިންޖިނިއަރިންގ
- އިންފޮމޭޝަން ރިސޯސް މެނޭޖްމަންޓް
- އިންޓަނޭޝަނަލް ރިލޭޝަންސް
- މެރިން ބަޔޮލޮޖީ
- މެރިން ކެމިސްޓްރީ
- މެރިން އިކޮނޮމިކްސް
- މެރިން އިންޖީނިއަރިންގ
- މެރިން ސައިންސް
- މެރިން ސަރވޭ
- މެރިން ޓެކްނޮލޮޖީ
- މެކޭނިކަލް އިންޖިނިއަރިންގ
- މައިކްރޯބަޔޮލޮޖީ
- ނެޗުރަލް ރިސޯސް މެނޭޖްމަންޓް
- އޯޝެނޮގްރަފީ
- ޕްރޮޖެކްޓު މެނޭޖުމަންޓު
- ކޮންޓިޓީ ސާވޭއިންގް
- ރިސޯސް މޮބިލައިޒޭޝަން
- ސްޕާޝިއަލް ސައިންސް
- ސްޓެޓިސްޓިކްސް
- ސާވޭއިންގް އިންޖިނިއަރިންގް
- ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
- އަރބަން ޕްލޭނިންގ
- ވޭސްޓް މެނޭޖްމަންޓް
- ވޯޓަރ އެންޑް ސެނިޓޭޝަން
- ވޯޓަރ ކެމިސްޓްރީ
- ވޯޓަރ އިންޖީނިއަރިންގ
- ވޯޓަރ މައިކްރޯބައޮލޮޖީ
- ވޯޓަރ ރިސޯސް މެނޭޖްމަންޓް
- ވޯޓަރ ސައިންސް
- ވޯޓަރ ޓެކްނޮލޮޖީ
ޕްރިފަރޑް ޑިސިޕްލިން(ތައް):
ކޯ ޑިސިޕްލިން(ތައް)
- ކްލައިމެޓް ޗޭންޖް
- ކްލައިމެޓް ސައިންސް
- ކްލައިމެޓޮލޮޖީ
- އެންވަޔަރަންމެންޓަލް އިކޮނޮމިކްސް
- އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
- އެންވަޔަރަންމަންޓަލް ޕޮލިސީ
- އެންވަޔަރަންމެންޓަލް ސައިންސް
- ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
|
ގުޅޭވަޒީފާގެ ދާއިރާތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖަނަވަރީ 26 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 27 ޖަނަވަރީ 2025 އާއި 10 ފެބުރުވަރީ 2025 އާ ދެމެދު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018329،3018326 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|