ކުއްޔަށް ދިނުން
ނަންބަރު: (IUL)318-HR/318/2025/5
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 28 ޖަނަވަރީ 2025 00:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދަރަވަންދޫ މެހުމާނީ ހިޔާގައި ހަދާފައިވާ ކެފޭ ހިންގުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުން

ބ. ދަރަވަންދޫ މެހުމާނީ ހިޔާގައި ހަދާފައިވާ ކެފޭ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.  

މި އިޢުލާނަށް ބީލަން ހުށައެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ނަންނޯޓު ކުރުން/ ރަޖިސްޓްރޭޝަން

-          ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، 2025 ޖަނަވަރީ 29 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރައްވަންވާނެއެވެ. ބިޑުގައި ރަޖިސްޓްރީވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.

https://forms.office.com/r/rrvSGBGCnb

ޕްރީބިޑް މީޓިންގ/ މަޢުލޫމާތު ސާފުކުރުން

-         މި ބިޑާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ފެބުރުވަރީ 02ވަނަ ދުވަހުގެ 12:00ގެ ކުރިން ލިއުމަކުން މި ކައުންސިލަށް ފޮނުވާދިނުން އެދެމެވެ.

-         މި ބިޑާއި ގުޅޭ ހުރިހާ މަޢުލޫމާތެއް މި އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމާތު ދިނުމުގެ އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

- ބިޑް/ ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2025 ފެބުރުވަރީ 02 ވަނަ ދުވަހުގެ 13:00ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ.

- ބިޑްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑު ހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

- ބިޑް/ ޕްރޮޕޯސަލްއާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، ބިޑް/ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ

ހުވަނދުމާމަގު، ބ. ދަރަވަންދޫ، 06060، ދިވެހިރާއްޖެ.

ފޯން: 6602514، 6602519

އީމެއިލް: [email protected]

19 ޖަނަވަރީ 2025