ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2022/20
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 28 ޖަނަވަރީ 2025 12:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާންމަހު ގައްދޫ މަސްޖިދުލް އަމީންގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

1446 ވަނައަހަރުގެ ރަމަޟާންމަހު ގައްދޫ މަސްޖިދުލް އަމީންގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

     1446 ވަނައަހަރު ރަމަޟާންމަހު މިރަށު މަސްޖިދުލް އަމީންގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދުކޮށްދޭނެ ޙާފިޡެއް "ރާއްޖެއިން ބޭރުން ނުވަތަ ރާއްޖެއިން" ގެނެސް ގެންދިޔުމާއި، ހާފިޡު ގައްދޫގައި ހުންނަ ދުވަސްތަކުގެ އެކޮމަޑޭޝަނާއި ފުޑް، އަދި ދޮވެ އިސްތިރިކުރުމުގެ ކަންތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/14) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 28 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއި އެކު ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 6840003 އަދި 9111005 ،9120126  ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ  [email protected],  ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

19 ޖަނަވަރީ 2025