މަސައްކަތް
ނަންބަރު: (IUL)299/299/2025/2
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި: 05 ފެބުރުވަރީ 2025 11:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ހާފިޒުން ގެނެސްދޭނެ ފަރާތެއް ހޯދުން

އިޢުލާން            

އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ހާފިޒުން ގެނެސްދޭނެ ފަރާތެއް ހޯދުން

 

ކުރިއަށް އޮތް ރަމަޟާންމަހު ރ.ވާދޫ މަސްޖިދުއް ސަމާހާ އަދި މަސްޖިދުއް އުޘްމާން ބިން އައްފާން މިސްކިތުގައި އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ 2 ހާފިޒުން ގެނެސްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، ހާފިޒުން ގެނެސްދިނުމަށް ޝައުޤުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 2025 ޖެނުއަރީ 16 ވަނަ ދުވަހުން ފެށިގެން 2025 ޖެނުއަރީ 27 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު  10:00 އިން 12:00 އަށް) ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓުކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

 މި މަސައްކަތާއި ގުޅިގެން ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2025 ޖެނުއަރީ 27 ވާ ހޯމަ ދުވަހުގެ މެންދުރު 12:30 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. އަދި 2025 ފެބުރުއަރީ 05 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2025 ފެބުރުއަރީ 05 ވާ ހޯމަ ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގަ އެވެ.

 

އަދި ދަންނަވަމެވެ. މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ޖަމިއްޔާ ޖަމާއަތްތަކާއި، ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވަންވާނީ، ނަންނޯޓުކުރައްވާފައިވާ ފަރާތުގެ ނަމުގައެވެ.

 

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

16 ޖަނަވަރީ 2025