ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESD/365/2025/11
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" މަގުތަކާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުމާއި މަގުމައްޗަށް ހުންނަ ގަސްތައް ކޮށުން "

އިޢުލާން

 

 

" މަގުތަކާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުމާއި މަގުމައްޗަށް ހުންނަ ގަސްތައް ކޮށުން "

 ބައެއް ފަރާތްތަކުން ގޯތި ތެރޭގައި ހައްދާފައިވާ ރުއްގަހުން ގޮތްޕާއި ފަން ތިރިވެފައި ހުރުމާއި، އެކި ފަރާތްތަކުން މަގުމަތީގައި ބަހައްޓާފައިވާ ތަކެތީގެ ސަބަބުން، މަގު ބޭނުންކުރާ ފަރާތްތަކަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫތައް އަންނަނީ ކުރިމަތިވަމުންނެވެ.

މިގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި އަދި މަގަށްވާގޮތަށް ހުރި ރުއްގަހުން މަގަށް ނުކުމެފައިވާބައި ދުއްވާ އެއްޗިއްސަށް އުނދަގޫނުވާނެހެން 15 ފޫޓުގެ އުސްމިނަށް، 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން ކޮށުމަށް ދަންނަވަމެވެ.

 ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖަނަވަރީ 2025