ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/1/2015/91
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 02 އޮގަސްޓް 2015 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އެކައުންޓްސް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު

އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

01 (އެކެއް)

ހަމަޖައްސާ ސެކްޝަން: އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް

ރޭންކް

އެމް. އެސް 1

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

-/5,610 ރ.

ސާރވިސް އެލަވަންސް: -/2,000 ރ.

މަޤާމުގެ ޝަރުޠު

  1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ( އެކައުންޓިން / މެނޭޖްމަންޓް / ސީމާ ނޮލެޖްލެވެލް ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު،  މަޤާމު މަސައްކަތާ ގުޅޭ ދާއިރާއެއްގައި ( އެކައުންޓިން / މެނޭޖްމަންޓް / ސީމާ ނޮލެޖްލެވެލް )    2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ( އެކައުންޓިން / މެނޭޖްމަންޓް / ސީމާ ނޮލެޖްލެވެލް )  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް   ހާސިލްކޮށްފައިވުން، ނުވަތަ،
  3. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ( އެކައުންޓިން / މެނޭޖްމަންޓް / ސީމާ ނޮލެޖްލެވެލް )  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

  1. މިނިސްޓްރީން ހިންގާ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓް ތަކުގެ ބަޖެޓް ސެކްޝަންގެ އިސްވެރިންގެ ލަފާގެ މަތިން ތައްޔާރުކޮށް ފޮނުވުން.
  2. ކޮންމެ އަހަރަކު ޕީ.އެސް.އައި.ޕީ އަށް ލިބޭ ޕްރޮޖެކްޓްތަކުގެ ހިސާބުތައް ވަކިވަކިން ބާކީކޮށް ބެލެހެއްޓުމާއި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި އޮންނަ ވޭރިއޭޝަންތަކުގެ ހިސާބުތައް އެނގޭނެހެން ބެލެހެއްޓުން.
  3. ޕީ.އެސް.އައި.ޕީ. ޕްރޮޖެކްޓްތައް ޙަވާލުކުރެވޭ ފަރާތްތަކުން ހުށަހަޅާ ބިލްތައް ޗެކްކޮށް އެޕްރޫވް ކުރުމަށްފަހު ބިލްތަކަށް ފައިސާ ދޫކުރުމަށްޓަކައި ބަޖެޓަށް ފޮނުވުން.
  4. އަހަރުން އަހަރަށް ތައްޔާރު ކުރަންޖެހޭ ބަޖެޓް ތައްޔާރު ކުރުމުގައި އަތޮޅުތަކާއި މާލޭގެ މިސްކިތްތަކަށް ހޯދަންޖެހޭ ތަކެއްޗާއި އެހެނިހެން ޚަރަދުތައް ބަލައި ބަޖެޓް  ޔުނިޓަށް ހުށަހެޅުން.
  5. އަހަރު ރިޕޯރޓްގައި ހިމެނުމަށްޓަކާ ޔުނިޓްގައި ކުރެވުނު މަސައްކަތުގެ ތަފްޞީލް ރިޕޯރޓް ލިޔުއްވުމަށްފަހު ކަމާބެހޭ މުވައްޒަފާ ޙަވާލުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުވުމާއި އަދި ދުވަހުން ދުވަހަށް ޔުނިޓުން ކުރެވުނު މަސައްކަތުގެ ތަފްޞީލް ޔައުމިއްޔާގައި ހިމެނުމަށްޓަކައި ކަމާބެހޭ މުވައްޒަފަށް ފޮނުވުން.
  6. މިސްކިތްތަކަށް އެހީވާ ފަންޑަށް ލިބޭ ފައިސާއާއި ޚަރަދު ކުރެވޭ ފައިސާގެ ތަފްސީލްތައް ބެލެހެއްޓުން. މީގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.
  7. އޮފީހުން ހިންގާ ޕްރޮޖެކްޓްތަށް ހިގާ ނުހިގާ ގޮތް ބެލުމާއި އަތޮޅުތަކަށް ކުރަންޖެހޭ ތަދުރުތަށް އިންތިޒާމްކުރުމާއި ދަތުރުތަކުގައި ބައިވެރިވުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން އަދި ގަޑި: މި މަގާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ. މަސައްކަތު ގަޑިއަކީ 08:00 ން 15:00 އަށެވެ.

މިމަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އަދި ތަޖުރިބާ އިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަކާއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.

ސުންގަޑި

  • 02 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް  (އިސްލާމީ މަރުކަޒު)
  • މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ.
  • މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.
  • ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv ، އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020212 އަށް އަދި ފެކްސް ނަމްބަރަކީ 3315161
16 ޖުލައި 2015