މަސައްކަތް
ނަންބަރު: (IUL)287/287/2025/5
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 29 ޖަނަވަރީ 2025 13:00
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާޅެންދޫ މަސްޖިދުލް ތަޤްވާ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ނ. މާޅެންދޫ މަސްޖިދުލް ތަޤްވާ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

            ނ. މާޅެންދޫ މަސްޖިދުލް ތަޤްވާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

            މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 27 ޖަނަވަރީ 2025 (ހޯމަ) ދުވަހުގެ 13:30ގެ  ކުރިން މިއިޢްލާނާއި އެޓޭޗްކޮށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު [email protected] އަށް، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

            މިމަސައްކަތަށް ބިޑްހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރަށްވާ ފަރާތްތަކަށް މަޢްލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންއެއް 27 ޖަނަވަރީ 2025 ވަނަ ދުވަހު 13:40 ގައި މިކައުންސިލު އިދަރާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ.

މިއިޢުލާނާއި ގުޅޭ ފޯމްތަކާއި، ކުރެހުމާއި، މައުލޫމާތު ކަރުދާސްތައް މި އިޢްލާނުގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

            ބިޑް ހުށަހެޅުއްވުމާއި، ބަލައިގަތުމާއި އަދި ބިޑްތައް ހުޅުވުން އޮންނާނީ 29 ޖަނަވަރީ  2025 ވާ ބުދަ  ދުވަހުގެ 13:00ގައި ، ބިޑް ހުށަހެޅުއްވުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ޙާޟިރުގައި، މި ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމްގައެވެ.  

            މި އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިކައުންސިލުގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން، ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.

ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

          މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރީމެވެ.

16 ޖަނަވަރީ 2025