މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރު (ލީގަލް ޔުނިޓު)
|
މަޤާމުގެ ރޭންކް:
|
އޮފިސަރު ގްރޭޑް 1
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
ޑިޕާޓްމަންޓް
|
އިދާރީ ހިންގުމާއި ފައިސާއާ ބެހޭ / ލީގަލް ޔުނިޓު
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
- ސާނަވީ އިމްތިޙާނުގެ [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ހާސިލުކޮށްފައި ވުމާއެކު ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގެ [އިނގިރޭސި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ހާސިލުކޮށްފައިވުން، ނުވަތަ،
- ސާނަވީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބިގެން ދިއުމާއެކު، ޖީ.އެސް. 1 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެފައިވުން.
- ބޭސިކް ކޮންޕިޔުޓިންގ ދަންނަ ކީބޯޑަށް ފަރިތަ މީހެއް ކަމުގައިވުން.
- ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
|
މައިގަނޑު މަސްއޫލިއްޔަތު:
|
- އޮފީހުގެ އެންމެހައި ކަންކަން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުގެ އޮނިގަނޑުގެ ތެރޭގައި ހިފަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
- އޮފީހުގެ ފަރާތުން ކުރަންޖެހޭ ދަޢުވާތައް ކުރުމާއި ދަޢުވާ ލިބިގަތުމާއި އޮފީހުގެ ފަރާތުން ވަކާލާތުކުރަން ޙަވާލުކުރެވޭ ކަންކަމުގައި ކޯޓުތަކުގައި ވަކާލާތުކުރުމުގައި އެހީތެރިވުން.
- ޤާނޫނޫ ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމުގައި ކޮމިޝަނަރަށް އެހީތެރިވެދީ އެއްބާރުލުން ދިނުމުގައި އެހީތެރިވުން.
- ޤާނޫނޫ ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ތަންފީޒު ކުރުމަށް ބޭނުންވާ ޤާނޫނީ ލަފައާއި އިރުޝާދު، ކޮމިޝަނަރަށާއި އޮފީހުގެ ވެރީންނަށާއި މުވައްޒަފުންނަށް ލިބިދިނުމުގައި އެހީތެރިވުން.
- އޮފީހުގެ މުވައްޒަފުން އެމީހުންގެ ވަޒީފާގެ މަސައްކަތުގައި ޢަމަލުކުރަންޖެހޭ އެންމެހާ ޤާނޫނުތަކާއި ގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރި ކުރުވުމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުން.
- އޮފީހާއި އެކި ފަރާތްތަކާ ދެމެދު ކުރިމަތިވާ މައްސަލަތަކުގައި ޢާންމު ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ޙާލަތުތަކާއި މީޑިއާގެ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ޙައްސާސް ކަންތައްތަކުގައި ކޮމިޝަނަރަށް ޤާނޫނީ ގޮތުން ބޭނުންވާ އެހީތެރިކަން ލިބިދިނުމުގައި އެހީތެރިވުން.
- އޮފީހުން އެކި ކަންކަމާ ގުޅިގެން ހަދަން ޖެހޭ އެއްބަސްވުންތައް ހެދުމާއި އެއްބަސްވުންތަކާ ބެހޭ ގޮތުން ކަމާބެހޭ މުވައްޒަފުންނަށް ލަފަޔާއި އިރުޝާދު ދިނުމުގައި އެހީތެރިވުން.
- އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމާއި ތަންފީޒު ކުރުމުގައި ކޮމިޝަނަރަށް ބޭނުންވާ ޤާނޫނީ ލަފާދިނުމުގައި އެހީތެރިވުން.
|
އުޖޫރަ އާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ: (މަހަކު) -/7،000 ރުފިޔާ.
- ސަރވިސް އެލަވަންސް (މަހަކު): -/3،000 ރުފިޔާ
- އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މަޤާމު:
|
ބިއުރޯ އޮފިސަރ
|
މަޤާމުގެ ރޭންކް:
|
އޮފިސަރު ގްރޭޑް 1
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
ޑިޕާޓްމަންޓް
|
ކޮމިޝަނަރުގެ ބިއުރޯ
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ،
- ސާނަވީ ތަޢުލީގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން [ޑީ] ގްރޭޑް ލިބިފައިވުން އަދިއެސްއެސްސީ އިމްތިޙާނުގެ [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ހާސިލުކޮށްފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ [އިނގިރޭސި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ހާސިލުކޮށްފައިވުން، ނުވަތަ،
- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބިފައިވުމާއެކު، ޖީ.އެސް 2 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެފައިވުން
- ބޭސިކް ކޮންޕިޔުޓިންގ ދަންނަ ކީބޯޑަށް ފަރިތަ މީހެއް ކަމުގައިވުން.
|
މައިގަނޑު މަސްއޫލިއްޔަތު:
|
- ކޮންމެ ދުވަހެއްގެވެސް ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާކޮށް އެދުވަހުގެ ޔައުމިއްޔާ ލިޔުން.
- ކޮމިޝަނަރުގެ މަސައްކަތްތައް ކޮމިޝަނަރުގެ ލަފާގެ މަތިން ބެލެހެއްޓުމުގައި އެހީތެރިވުން.
- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބޭރުގެ އެކިފަރާތްތަކާ އޮފީހުގެ ފަރާތުން ގުޅުން ޤާއިމުކޮށް މަޢުލޫމާތު ހިއްސާކުރުމުގައި އެހީތެރިވުން.
- ކޮމިޝަނަރަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުވައިދިނުމާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
- ކޮމިޝަނަރ ބައިވެރިވާ ބައްދަލުވުންތަކާއި ޖަލްސާތަކާއި ޙަފުލާތަކުގެ ޕްރޮޓޮކޯލް ކަންތައް ވިލަރެސްކޮށް އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިވުން.
- ކޮމިޝަނަރުގެ ލަފާގެ މަތީން ކޮމިޝަނަރުގެ ތަޤުރީރުތައް ލިޔެދިނުމުގައި އެހީތެރިވުން.
- ކޮމިޝަނަރުގެ މަސައްކަތްތަކުގެ ރެކޯޑް ބެލެހެއްޓުމާއި ކޮމިޝަނަރުގެ މަސައްކަތު ތާވަލު (ޝެޑިއުލް) ބަލަހައްޓައި އެ ތާވަލަށް ޢަމަލުކުރުވުމަށް އެހީތެރިވެދިނުން.
- ކޮމިޝަނަރު ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ޔައުމިޔާގައި ހިމެނުމަށްޓަކައި ޔައުމިއްޔާ ލިޔާ މުވައްޒަފާ ޙަވާލުކުރުން.
- ކޮމިޝަނަރުގެ އެޕޮއިންޓްމަންޓްތައް ހަމަޖައްސައި އިންތިޒާމުކުރުމުގައި އެހީތެރިވުން.
- މަޤާމުގެ ޙައިސިއްޔަތުން ކޮމިޝަނަރު އަންގާ އެހެނިހެން ކަންކަން ކުރުން.
- ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
|
އުޖޫރަ އާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ (މަހަކު) -/7،000 ރުފިޔާ.
- ސަރވިސް އެލަވަންސް (މަހަކު): -/3،000 ރުފިޔާ
- އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މަޤާމު:
|
އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ
|
މަޤާމުގެ ރޭންކް:
|
އެސިސްޓެންޓް އޮފިސަރު ގްރޭޑް 1
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
ޑިޕާޓްމަންޓް
|
ޕްރޮގްރާމްތައް ހިންގުމާ ބެހޭ
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- ގްރޭޑް 10 ނިންމާ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން އަދި އެސް.އެސް.ސީ. އިމްތިހާނުގެ [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ހާސިލު ކޮށްފައިވުމާއެކު، [އިނގިރޭސި] މި މާއްދާއިން [ސީ] ގްރޭޑް ލިބިފައިވުން.
- ބޭސިކް ކޮމްޕިއުޓިންގ ދަންނަ، ކީބޯޑަށް ފަރިތަ މީހެއް ކަމުގައި ވުން.
|
މައިގަނޑު މަސްއޫލިއްޔަތު:
|
- ކޮންމެ ދުވަހެއްގެވެސް ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާކޮށް އެދުވަހުގެ ޔައުމިއްޔާ ލިޔުން.
- އޮފީހުން ބާއްވާ ޓްރޭނިންގތަކާއި ވޯކްޝޮޕް އަދި ކޮންފަރެންސްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
- އޮފީހުން ބާއްވާ ޓްރޭނިންގތަކާއި، ވޯރކްޝޮޕް އަދި ސެމިނަރތަކަށް ވަޑައިންނަވަން ހަމަޖެހިފައިވާ ފަރާތްތަކަށް އަންގަންޖެހޭ މުއްދަތުގެ ތެރޭގައި އެންގުމުގައި އެހީތެރިވުން.
- އޮފީހުން ބާއްވާ ޓްރޭނިންގތަކާއި ވޯކްޝޮޕްތަކަށް ބޭނުންވާ ޕްރެޒެންޓޭޝަން އަދި ލީފްލެޓު ތައްޔާރުކުރުމުގައި އެހީތެރިވުން.
- މަސައްކަތާއި ގުޅުންހުރި ދާއިރާތަކުގެ ކަމާބެހޭ ބޭފުޅުންނާ ގުޅޭނެ ލިސްޓަކާއި ނަންބަރުތައް ހޯދައި ބެލެހެއްޓުމުގައި އެހީތެރިވުން.
- މަސައްކަތާ ގުޅުންހުރި ދާއިރާއިން އަންނަ ފޯނުކޯލުތަކާއި އީމެއިލަށް ޖަވާބުދާރީވުމުގައި އެހީތެރިވުން.
- މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްތައް ސެކްޝަން އިސްވެރިއެއްގެ ލަފާގެ މަތިން ކުރުމުގައި އެހީތެރިވުން.
- ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
|
އުޖޫރަ އާއި އިނާޔަތްތައް:
|
އަސާސީ މުސާރަ (މަހަކު) -/6،000 ރުފިޔާ.
ސަރވިސް އެލަވަންސް (މަހަކު): -/2،000 ރުފިޔާ
އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މަޤާމު:
|
ޢާމިލު
|
މަޤާމުގެ ރޭންކް:
|
ސަޕޯޓް ސްޓާފް ގްރޭޑް 1
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
ޑިޕާޓްމަންޓް:
|
އިދާރީ ހިންގުމާއި ފައިސާއާ ބެހޭ
|
މަޤާމުގެ ރޭންކް:
|
ސަޕޯޓް ސްޓާފް ގްރޭޑް 1
|
ފެންވަރު ނުވަތަ ޝަރުޠު:
|
އަސާސީ ތަޢުލީމުގެ ފެންވަރަށް ނުވަތަ ގްރޭޑް 5 ގެ ފެންވަރަށް ލިޔަންކިޔަން އެނގުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުން
|
މައިގަނޑު މަސްއޫލިއްޔަތު:
|
- އޮފީސް އިމާރާތާއި ތަކެތި ސާފުކޮށް ބެލެހެއްޓުން.
- އެކިއެކި ފަރާތްތަކާ ޙަވާލުކުރަންޖެހޭ ސިޓީފަދަ ތަކެތި ރައްދުކޮށްދިނުމުގައި އެހީތެރިވުން.
- އޮފީހުގެ ފަރާތުން ފާހަގަކުރާ ޚާއްޞަ ދުވަސްތައް ފާހަގަ ކުރުމުގައާއި އޮފީހުގެ ފަރާތުން އިންތިޒާމުކުރާ ކޯސް، ޓްރޭނިންގ ޕްރޮގްރާމް، ވޯކްޝޮޕް، ޖަލްސާ، ސެމިނަރ ފަދަ ކަންތައް ތައްޔާރު ކުރުމުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
- ޚާއްޞަ ޙާލަތެއް ދިމާވެގެން ހަވާލުކުރެވޭ މަސައްކަތްތައްވެސް ޒިންމާދާރު ކަމާއެކު ކުރަމުން ދިޔުމާއި، ނުކުންނަން ޖެހޭ ޑިޔުޓީތަކަށް ނުކުމެ ޑިޔުޓީ ފުރިހަމަ ކުރުން.
- ވަޒީފާގެ މަޤާމުގެ ގޮތުން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން.
|
އުޖޫރަ އާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ (މަހަކު) -/4،200 ރުފިޔާ.
- ސަރވިސް އެލަވަންސް (މަހަކު): -/2،000 ރުފިޔާ
- އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:
|
- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު
- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު
- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު
- ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު
- ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހައިފައި)
- ވަނަވަރު/ އައި.ޑީ ކާޑުގެ ކޮޕީ/ ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން
|
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:
|
03 އޮގަސްޓު 2015 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް /ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ދެހަފުތާއެއްގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތައް ކުރިޔަށް ގެންދެވޭނެއެވެ.
|