ނީލަން
ނަންބަރު: ADM/CP/2025/17
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 23 ޖަނަވަރީ 2025 10:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގައި ހުރި ބައު އެއްގަމު އުޅަނދު ތަކެއް ނީލަމުގައި ވިއްކާލުން

އެސްޓީއޯގައި ހުރި ބައު އެއްގަމު އުޅަނދު ތަކެއް ނީލަމުގައި ވިއްކާލުން

 

އެސްޓީއޯގައި ހުރި ބައު އެއްގަމު އުޅަނދު ތަކެއް ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

ވީމާ މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި ދެންނެވުނު ތާރީޙުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ނަންނޯޓްކުރައްވާ ފަރާތްތަކުގެ ތަފްސީލް ހިމެނޭ ޕްރިންޓް ކުރެވިފައިވާ ކަރުދާހުގައެވެ.

 

މަޢުލޫމާތު ސާފުކުރުން

އެސްޓީއޯ ހޅުމާލެ ހޮޓެލް، ހުޅުުމާލެ، ފޭސް 1

22 ޖަނަވަރީ 2025/ގަޑި،10:00

އަގުހުށަހެޅުން

އެސްޓީއޯ ހެޑްއޮފީސް

23 ޖަނަވަރީ 2025/ގަޑި،10:00

 

ނީލަން ކާމިޔާބުކުރައްވާ ފަރާތްތަކުން، ބިލް ޙަވާލުކުރާތާ ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ފައިސާދައްކާ ނިންމަވަންވާނެއެވެ. އަދި ފައިސާ ދެއްކެވުމަށްފަހު، 3 (ތިނެއް) ދުވަހުގެ ތެރޭގައި ގަނެފައިވާ އުޅަނދު(ތައް) ގެންދަވަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންދަވާ އުޅަނދުތައް ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ. އަދި މިފަދައިން ޢަމަލުކުރައްވާ ފަރާތްތަކަށް އެސްޓީއޯއިން ކުރިމަގުގައި ބާއްވާ ނީލަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލޭނެ ވާހަކަ ދަންނަވަމެވެ.

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރު:9887888

16 ޖަނަވަރީ 2025