ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)357-Me357/357/2025/5
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި: 27 ޖަނަވަރީ 2025 12:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބަލަހައްޓާ މުވައްޒަފުން ހޯދުން

މަޤާމު:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

 

ބޭނުންވާ އަދަދު:

1  ( އެކެއް)

 

މަޤާމުގެ ގިންތި:

ވަގުތީ

 

މަޤާމުގެ ރޭންކު:

ޖީއެސް 3

 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ / ވ.ފުލިދޫ

 

މުސާރަ:

މަހަކު -/7000 ( ހަތްހާސް ) ރުފިޔާ

 

ސަރވިސް އެލަވަންސް:

މަހަކު -/3000 ( ތިންހާސް ) ރުފިޔާ

 

އެހެނިހެން އެލަވަންސް:

  1. ރަމަޟާން މަހުގެ ޚާއްޞަ އެލަވަންސް  

   2.  ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

   3. ދިވެހިރާއްޖޭގެ ވަޒީފާ އާއި ބެހޭ ޤާނޫނުން ދިނުމަށް ލާޒިމުކުރާ އިތުރުގަނޑި އާއި ބަންދު        ދުވަސްތަކުގެ ފައިސާ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަނދަރަށް ގާތްކުރާ އޮޑިދޯނި ފަހަރުގެ ރެކޯޑު ބެލެހެއްޓުން.

 

  2.  މުދާ އަރުވާ ބާލާ އުޅަނދުފަހަރު ފާލަމާ ގާތްކުރާއިރު ކައުންސިލުގެ ހުއްދައޮތްތޯ ޗެކުކުރުމާއި،    ހުއްދައިގާ ތަފުސީލުދީފައިވާ ގޮތަށްތޯ  މުދާހުރީ ބެލުމާއި، އުޅަނދު ކައިރިކުރި ގަޑި ނޯޓްކުރުމާއި،    ގަވާއިދު ނަންބަރު: 2013/R-1431 (ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު-  ވ.ފުލިދޫ) ގެ ދަށުން    ފީ ނުދައްކާ ފާލަންކައިރީ ބޭއްވޭނޭ ވަގުތު ނުވަތަ މުއްދަތު އަންގައިދޭ ލިޔުން އޮޑިއާ ހަވާލުކުރުމާއި    ވަގުތު ހަމަވުމުން  އެކަން އަންގައި އިތުރަށް ހިނގާ ވަގުތަށް ކައުންސިލަށް ދައްކަންޖެހޭ  ފައިސާ    ދެއްކިތޯ  ޔަގީންކުރުން.

 

   3. ގަވާއިދު ނަންބަރު: 2013/R-1431 (ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު-ވ.ފުލިދޫ) އާއި        ޚިލާފުވާ ފަރާތްތަކަށް ގަވާއިދުގައިވާ އުޞޫލުން   ނަސޭހަތް ދިނުމާއި، ޖޫރިމަނާ ކުރަންޖެހޭ        ހާލަތްތަކުގައި ޖޫރިމަނާގެ ލިޔުން ގަވާއިދާ ޚިލާފުވި އުޅަނދާ ނުވަތަ ގަވާއިދާ ޚިލާފުވި ފަރާތާއި     ހަވާލުކުރުމާއި، ނަސޭހަތް ދިން ފަރާތްތަކާއި، ޖޫރިމަނާގެ ލިޔުން ހަވާލުކުރެވުނު ފަރާތްތަކުގެ       ރެކޯޑުއް ބެލެހެއްޓުމާއި، އެ މަޢުލޫމާތު ދުވަހުން  ދުވަހަށް ކައުންސިލުގެ ބަނދަރު ބެލެހެއްޓުމުގެ     ގަވާއިދު ހިންގުމާއި ހަވާލުވެހުރި  ފަރާތަށް ފޮނުވުން.

 

  4.  ބަނދަރުގެ ފާލަމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުގެ އެއްގަމު ބައި ސާފުކޮށް ބެލެހެއްޓުން.

 

  5.  ބަނދަރާއި ފާލަމުގައި ނުވަތަ ފާލަން ސަރަހައްދުގައި ހަރުކުރުމަށް ކައުންސިލުން ހަވާލުކުރާ    ނިޝާންތަކާއި، އެންގުންތައް ކައުންސިލުން  އަންގާ ތަންތަނުގައި ހަރުކުރުން.

 

   6. ފާލަމުގެ ކުދި ކުދި މަރާމާތުތައް ކައުންސިލުން އަންގާ ގޮތެއްގެ މަތީން ބެލެހެއްޓުން.

 

    7.  ބަނދަރުގެ ޚިދުމަތް ފުރިހަމަ ކުރުމަށް ކުރެވޭނެ ކަންކަމުގެ ލަފާ ކައުންސިލަށް ދިނުން.

 

   8.  ފާލަމާ ގާތްކުރާ އެއްގަމު އަދި ކަނޑުގެ އުޅަނދު ފަހަރުން، ނުވަތަ އެހެންވެސް ގޮތަކުން       ފާލަމަށް ގެއްލުމެއް ލިބެއްޖެނަމަ، އެވީ  ގެއްލުމާއި ގުޅޭ އެންމެހައި މަޢުލޫމާތު ނޯޓުކޮށް ވަގުތުން     ކައުންސިލުގެ ބަނދަރު ބެލެހެއްޓުމުގެ ގަވާއިދު ހިންގުމާއި ހަވާލުވެހުރި ފަރާތަށް  ފޮނުވުން.

 

   9. ގަވާއިދު ނަންބަރު: 2013/R-1431 (ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު-ވ.ފުލިދޫ) އާއި       އެއްގޮތްވާ ގޮތުގެ މަތީން ބަނދަރުގެ ޚިދުމަތް  ނުލިބޭ ގޮތަށް ކަނޑައަޅާ އުޅަނދުތަކަށް،         ބަނދަރުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދިނުން ( މީގެ ތެރޭގައި ބަނދަރަށް ކައިރި ކުރުން       މަނާކުރުންވެސް ހިމެނޭ) 

  10. މުދާއަރުވާ ބޭލުމަށްފަހު ފާލަން ރަނގަޅަށް ސާފުކުރާކަން ކަށަވަރުކުރުމާއި، ގަވާއިދު ނަންބަރު: 2013/R-1431 (ބަނދަރު  ބެލެހެއްޓުމާބެހޭ ގަވާއިދު-ވ.ފުލިދޫ) ކަނޑައެޅިފައިވާ ވަގުތު ގައި އެކަން ނުކުރާކަމުގައިވަނީނަމަ މި ގަވާއިދުގާ ވާގޮތުގެ މަތީން އަޅަންޖެހޭ  އެންމެހައި ފިޔަވަޅުތައް އެޅުން.

 

  11. މިނޫންވެސް ގަވާއިދު ނަންބަރު: 2013/R-1431 (ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު-     ވ.ފުލިދޫ) އާއި ގުޅިގެން ނުވަތަ ބަނދަރުގެ  ޚިދުމަތާއި ގުޅިގެން ކައުންސިލުން ކުރަން އަންގާ   އެންމެހައި ކަންކަން ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  1.  ޖީސީ އޯލެވެލް ނިއްމާފައިވުމާއިއެކު  ކޮމްޕިއުޓަރ ވޯޑް ޕްރޮގްރާމު،  އެކްސެލް ޕްރޮގްރާމުގައި މަސައްކަތްކުރަން އެނގުން  ނުވަތަ
  2. ލިޔަންކިޔަން އެނގުން.

 ( ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަންވެގެން ގްރޭޑް 5 ނިންވިކަމުގެ ލީވިންގ ސެޓްފިކެޓް   ނުވަތަ ލިޔަންކިޔަންއެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް     ބަލައިގެންނެވެ. )

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ކައުންސިލް  އިދާރައިގެ ކައުންޓަރުން ލިބެންހުންނާނެ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަ ނުވާ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް، ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ނުވަތަ އެހެންވެސް ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ    ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި        ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ       ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:   

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ (https://myaccount.csc.gov.mv/) އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

   (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލެވިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 ( ތިންވަނަ އިޞްލާޙް ) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޖެނުއަރީ 2025 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 02 ފެބުރުވަރީ 2025 އިން 06 ފެބުރުވަރީ 2025 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އޮންނާނީ މި އިދާރާއިން ކަނޑައަޅާތަނެއްގައެވެ. އިންޓަވިއު ކުރިއަށް ގެންދެވޭނީ ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާގައި  " އެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވައިބަރ ގްރޫޕް،ފޭސްބުކް ޕޭޖުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

                މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6700603،9393603 ނަންބަރު ފޯނާއެވެ.  އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

 

 

16 ޖަނަވަރީ 2025