ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422/422/2025/8
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 09:02
ސުންގަޑި: 23 ޖަނަވަރީ 2025 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓާރންޝިޕްގެ ފުރުސަތު

މި އިދާރާގައި ޕެއިޑް އިންޓާރނުންގެ ގޮތިގައި މަސައްކަތްކުރުމަށް ތިރީގައި މިދަންނަވާ ގޮތަށް އިންޓާރނުން ބޭނުންވެއެވެ.

ސެކްޝަން

މުނިސިޕަލް ސޯޝިއަލް އެންޑް އިކޮނޮމިކް ޑެވެލޮޕްމެންޓް ޔުނިޓް

މައިގަނޑު މަސައްކަތް

  1. ބިން ދޫކުރުމުގެ މަސައްކަތާއި ބިމާއި އިމާރާތްތައް ރަޖިސްޓްރީ ކުރުމާއި އިމާރާތްތަކުގެ ކަންކަން ބެލެހެއްޓުމާއި، ބިމާއި، ގުޅިގޮތުން ހިންގާ މަޢުލޫމާތުތަކުގެ ރެކޯރޑް ބެލެހެއްޓުން
  2. ސެކްޝަނަށް ލިބޭ ރިކުއެސްޓްތަކާ ގުޅޭގޮތުން އެހެން ސެކްޝަންތަކަށް ފޮނުވަންޖެހޭ މެމޯތައް އަދި ލިޔުންތައް ތައްޔާރުކޮށް ކަމާބެހޭ ސެކްޝަންތަކަށް ފޮނުވުން
  3. ބިދޭސީންގެދަފްތަރު އެކުލަވާލުމާއެކު، ރަށުގައި އުޅޭބިދޭސީނާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  4. ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ހިދުމަތްތަކާގުޅޭ މައުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މައުލޫމާތު ދިނުން.
  5. ކައުންސިލް އިދާރާގެ ލިޔެކިޔުންތައް ފައިލްކުރުމާއި، ސްކޭންކުރުމާއި އަރުޝީފުކުރުން.
  6. ކައުންސިލް އިދާރާގައި ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  7. ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވުމުން.
  8. ކައުންސިލްގެ އިދާރާއަށް ހުށަހެޅޭ ލިޔެކިޔުންތައް ބަލައިގަތުމާއި، އެންޓްރީކުރުމާއި އަދި ރޫޓްކުރުން. އަދި އީ-ގަވަރމަންޓް ނިޒާމު މެދުވެރިކޮށް އިދާރާއަށް އަންނަ ލިޔެކިޔުންތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެންޓްރީކުރުމާއި އަދި ރޫޓްކުރުން.
  9. ކައުންސިލުން ބަލަހައްޓާ ދަފްތަރުތައް އަދާހަމަކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން
  10. ކައުންސިލުން ހިންގާ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތެއް ކުރުން.

ބޭނުންވާ އަދަދު

2 (ދޭއް)

ޝަރުތު

  • ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށްވުން

 

  • މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވެ ބޭނުންކުރަން އެނގުން ( ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް ފަދަ އެޕްލިކޭޝަންތައް)

 

  • އިދާރީ މަސައްކަތް އަދި އިވެންޓް މެނޭޖްމެންޓްގެ މަސައްކަތްތަކަށް ޝައުގުވެރިކަން ހުރުން

މަސައްކަތް ކުރަންޖެހޭ ތަން 

  ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ

އިންޓާރންޝިޕް އެލަވަންސް

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/270 ރުފިޔާ

މުއްދަތު

1 އަހަރު (އިންޓާރންގެ ޕާރފޯރމެންސްއާއި، މަސައްކަތުގެ ކޮލިޓީއަށް ބަލައި ހަވާލުކުރެވިދާނެ އިތުރު މަސައްކަތްތަކެއް ހުރިނަމަ މުޅި އިންޓާރންޝިޕްގެ މުއްދަތު 1 އަހަރަށް އިތުރުކުރެވިދާނެއެވެ)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އިންޓާރންޝިޕަށް އެދޭ ފޯރމް؛
  2. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  4. ވަނަވަރު ( ކަރިކިއުލަމް ވިޓާ)

ސުންގަޑި


23 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފިޔޯރީ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ  [email protected]   އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

އިތުރު މައުލޫމާތު

  1. ކޮމިޝަންގެ އިންޓަރންޝިޕަށް އެދި ހުށަހަޅާ ސިޓީ ފުރިހަމަކޮށް އަދި ސިޓީއާއެކު ހުށަހަޅަންޖެހޭކަމަށް އިއުލާނުގައި ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ އެޕްލިކޭޝަން ބާތިލްވާނެއެވެ.
  2. މެއިލް މެދުވެރިކޮށް ސިޓީ ފޮނުވާނަމަ، އިންޓާރންޝިޕަށް ކުރިމަތިލައްވާ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ފޯނު ނަންބަރު މެއިލްގައި ލިޔަންވާނެއެވެ.
  1. އީމެއިލް މެދުވެރިކޮށް ހުށަހަޅާ ސިޓީއާއެކު ހުށަހަޅާ ލިޔެކިޔުންތައް ހުންނަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓްގައެވެ.
  2. ޝޯޓްލިސްޓްކުރެވި އިންޓާނުން ހޮވުމަށް ބާއްވާ އިންޓަރވިއުއަށް ޙާޟިރުވުމަށް ދެންނެވުމުން އިންޓަރވިއުއަށް ޙާޟިރުނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
  3.  

 

                               16 ޖެނުއަރީ 2025

16 ޖަނަވަރީ 2025