ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2025/10
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 20:37
ސުންގަޑި: 02 މާރިޗު 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ހޯނޑެއްދޫ ކައުންސިލްގެ 3 ވަނަ ޤުރުޢާން މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ކީރިތި ޤުރުއާނަށް ލޯބިޖެއްސުމުގެ މާތް މަޤްޞަދުގައި މިއަހަރު މާރިޗް 20 އާއި މާރިޗް 27 އާއި ދެމެދުގެ ތާރީޚެއްގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ހޯނޑެއްދޫގެ ރަށްވެހިންނާއި، ހޯނޑެއްދޫއަށް ހިޖްރަކޮށް ހޯނޑެއްދޫ ގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ. މިމުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕެވެ. މި މުބާރާތުގެ އުމުރުފުރާތައް ތިރީގައި އެވަނީއެވެ.

މުބާރާތިގައި ބައިވެރިވާ އުމުރުފުރާތައް

 

އުމުރުފުރާތައް

01

ބޭބީ ނާސަރީ

02

ނާސަރީ

03

އެލްކޭޖީ

04

ޔޫކޭޖީ

05

7 އަހަރު ފުރި 9 އަހަރު ނުފުރޭ ޢުމުރުފުރާ

06

9 އަހަރު ފުރި 12 އަހަރު ނުފުރޭ ޢުމުރުފުރާ

07

12 އަހަރު ފުރި 15 އަހަރު ނުފުރޭ ޢުމުރުފުރާ

08

15 އަހަރު ފުރި 18 އަހަރު ނުފުރޭ ޢުމުރުފުރާ

09

18 އަހަރުން މަތީ ޢުމުރުފުރާ

ވީމާ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ގދ.ހޯނޑެއްދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު 02 މާރިޗު 2025 ވާ އާދީއްތަ ދުވަހު 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މުބާރާތުގެ ޤަވާއިދު މި ޢިއުލާނާއެކު ޢާންމުކުރީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޖަނަވަރީ 2025