ދެންނެވުން
ނަންބަރު: (IUL)308/2025/2
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 30 ޖަނަވަރީ 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާބަކިއު ހަދާ ސަރަޙައްދާއިއެކު ތަރައްޤީކުރާ ބީޗް ހުސްކުރުމަށް އެންގުން

ރަށުގެ ހުޅަނގު އުތުރު ސަރަޙައްދުގައި ތަރައްޤީކުރާ ބާބަކިއު އޭރިއާ އާއި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް، 2025 ވަނަ އަހަރުވަނީ ތާވަލުކޮށްފައެވެ.

ޗާޓުގައި ފާހަގަކޮށްފައިވާ ސަރަޙައްދު ސާފުކުރުމަށްޓަކައި، މިހާރު އެސަރަޙައްދުގައި ހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި ނެގުމަށް އަންގާ އިޢުލާންކުރަމެވެ. އަދި އޮޑިއެހެލާ ސަރަޙައްދުގައި ހުރި ގިނަދުވަސްވީ އޮޑިދޯނިފަހަރު ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އިލްތިމާސްކުރަމެވެ.

ވީމާ، 2025 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިދެންނެވި ސަރަޙައްދުގައި އެއްވެސް މީހެއްގެ އެއްޗެއް، ނުނަގައި ދޫކޮށްލާފައިވާނަމަ، އެއެއްޗެއް އެސަރަޙައްދުން ނަގައި ނައްތާލުމުގެ މަސައްކަތް މިކައުންސިލާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރާނެ ވާހަކަ ދަންނަވަމެވެ.

15 ޖަނަވަރީ 2025