ބީލަން
ނަންބަރު: (IUL)297/297/2025/6
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 23 ޖަނަވަރީ 2025 11:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑި ހަރުގެ އެޅުމަށް ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯންއިން ބިން ކުއްޔަށް ދޫކުރުން

                    ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯން އިން އޮޑި ދޯނިފަހަރު ބަނދެ މަރާމާތުކުރުމަށް އޮޑި ހަރުގެ އެޅުމަށް، 7200 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ.

     ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

ތަން

ދުވަސް

ތާރީޚު

ގަޑި

އަންދާސީހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލް އިދާރާ

ބުރާސްފަތި

23 ޖަނަވަރީ 2025

11:00

 

         މިކަމަށްއެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކުގެ ތެރެއިން އޮޑި ނަމްބަރު ދޫކުރެވިފައިވާ ފަރާތްތަކަށެވެ. އޮޑި ނަމްބަރަށް ހަރުގެ އެޅުމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން ސައުވީސް (24) މަސްދުވަހަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

 

ފޯމިއުލާ

ތަފުސީލު

މިންވަރު

މާކްސްދެވޭ ބައިތައް

(Benchmark Amount / Submitted Amount) x 85%

v  ހިދުމަތުގެ އަގަށްދޭ މާކްސް

v   އަންދާސީހިސާބު ހުށަހަޅާ ފަރާތުން ހުށަހަޅައި ކުލި (%85(x

v   އަކަފޫޓަކަށް ކަނޑައަޅާ އެންމެ ކުޑައަގަކީ ސަރަޙައްދުގެ އަކަފޫޓަކަށް 80 ލާރިއެވެ.

85%

އަގު

(Benchmark Amount / Submitted Amount) x5

v     މި ބައިގައި މާކްސްދެވޭނީ އަންދާސީހިސާބު ހުށަހަޅައި ފަރާތުން އޮޑިހަރުގެ ކުއްޔަށް ހިފާ މުއްދަތަށެވެ.

v     މިބަޔަށް މާކްސްދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ އިންސައްތަ (5%) ހުރިހައި އަގުތަކެއްގައި ބަހާލައިގެންނެވެ.

5%

މުއްދަތު

(Benchmark Amount / Submitted Amount) x10

v      މި ބައިގައި މާކްސްދެވޭނީ އަންދާސީހިސާބު ހުށަހަޅައި ފަރާތުން ހުށަހަޅާފައިވާ ވޯކް ޕްލޭންގައިވާ ކަންކަމަށް ބަލާފައި އެންމެ މަތިންލިބޭ މާކްސް ބެންޗްމާކެއްކަމުގައި ބަލައިގެންނެވެ.

 

10%

ވޯކް ޕްލޭން

 

 

            އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. އަދި މި އިޢުލާނާއިއެކު ކުއްޔަށް ދޫކުރެވޭ ބިމުގެ ޗާޓު ހިމެނިފައިވާނެވެ. މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

 

12 ރަޖަބް 1446

12 ޖަނަވަރީ 2025