ބީލަން
ނަންބަރު: (IUL)333/333/2025/3
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 27 ޖަނަވަރީ 2025 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ބެކްޑްރޮޕާއި ޓޮރޮފީތަކާއި ސެޓްފިކެޓްތަށް ޑިޒައިންކޮށް އެމަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

1446 ވަނަ އަހަރުގެ ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ބެކްޑްރޮޕާއި ޓޮރޮފީތަކާއި ސެޓްފިކެޓްތަށް ޑިޒައިންކޮށްއެމަސައްކަތްކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް 1446 ވަނަ އަހަރުގެ ރަމަޟާންމަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ބެކްޑްރޮޕް، ޓްރޮފީ އަދި ސެޓްފިކެޓްތަށް ޑިޒައިންކޮށްދީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖެނުއަރީ 21 ވަނަ ދުވަހު 12:30 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2025 ޖެނުއަރީ 21 ވަނަ ދުވަހު 10:30ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2025 ޖެނުއަރީ 27 ވަނަ ދުވަހު 13:00އަށް ބިޑް ހުށައެޅުއްވުންއެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

ބިޑް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށައެޅުއްވޭނީ 1 (އެކެއް) ބިޑެވެ. ބިޑް ހުށައެޅުއްވޭނީ މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވެނެއެވެ.

ލިންކް:  https://forms.office.com/r/ch0P32rEyV

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15     ރަޖަބް     1446

15 ޖަނަވަރީ 2025