ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)123-HR/123/2025/02
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 28 ޖަނަވަރީ 2025 14:00
އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ސެކްރެޓަރީ ޖެނެރަލް

މަޤާމް :ސެކްރެޓަރީ ޖެނެރަލް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ތާރީޚް:

15 ރަޖަބު 1446

15 ޖަނަވަރީ 2025

އިޢުލާނު ނަންބަރު:

(IUL)123-HR/123/2025/02

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް ކުރި ނަންބަރު: (IUL)123-HR/123/2024/75 (24 ޑިސެމްބަރު 2024) އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް އެޕްލިކޭޝަން ފޯމު ލިބިފައި ނުވާތީ، (IUL)123-HR/123/2024/75 (24 ޑިސެމްބަރު 2024) އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އިޢުލާނު ކުރަމެވެ. ނަމަވެސް (IUL)123-HR/123/2024/75 (24 ޑިސެމްބަރު 2024) އިޢުލާނާއި ގުޅިގެން އެޕްލިކޭޝަން ހުށަހެޅި އެއްވެސް ފަރާތަކުން، ދެވަނަ އިޢުލާނަށް ((IUL)123-HR/123/2025/02) އެޕްލިކޭޝަން ހުށަހަޅަން ބޭނުންފުޅުވާނަމަ، ހުށަހަޅަންޖެހޭނީ ހަމައެކަނި ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާއަށް އެދޭ ފޯމު އެކަނި ކަމުގައި ދަންނަވަމެވެ. އަދި އިތުރު ލިޔުމެއް ހުށަހަޅަން ބޭނުންވާނަމަ، އެފުރުޞަތު އޮންނާނެ ވާހަކަވެސް ދަންނަވަމެވެ.)

މަޤާމު

ސެކްރެޓަރީ ޖެނެރަލް

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރާނެ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން

މަސައްކަތުގެ ވަގުތު

ކޮމިޝަނުގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑި

މަޤާމުގެ މުއްދަތު

މީލާދީ 5 އަހަރު

މުސާރައާއި ޢިނާޔަތްތައް

  1. މުސާރަ: 20,500.00 ރުފިޔާ
  2. ލިވިންގ އެލަވަންސް: 15,000.00 ރުފިޔާ
  3. ފޯނު އެލަވަންސް: 1,000.00 ރުފިޔާ

ޝަރުޠު

  1. އަސާސީ ތަޢުލީމާއި ތަޖުރިބާގެ ޝަރުޠު

1.1.    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ދައުލަތުގެ، ނުވަތަ ބައިނަލްއަޤްވާމީ ޖަމާޢަތެއް (އިންޓަރގަވަރންމެންޓަލް ނުވަތަ އެނޫން) ގެ ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

1.2.    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ދައުލަތުގެ، ނުވަތަ ބައިނަލްއަޤްވާމީ ޖަމާޢަތެއް (އިންޓަރގަވަރންމެންޓަލް ނުވަތަ އެނޫން) ގެ ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

  • ތަޢުލީމީ ސަނަދު ވާންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ސަނަދަކަށެވެ.
  • މަޤާމުގެ މަސައްކަތުގެ ދާއިރާގެ ތަޖުރިބާ ގުނުމުގައި ބަލާނީ، ސީނިއަރ މެނޭޖްމަންޓް އަދި އޮފީހުގެ ސިޔާސަތު ކަނޑައެޅުމުގެ ޒިންމާ އަދާކުރި މަޤާމެއްގެ ތަޖުރިބާ ލިބިފައިވުމަށެވެ.
  • ތަޢުލީމީ އަސާސީ ޝަރުތުކަމުގައި ބަލާނީ މަތީގައި ބަޔާންކޮށްފައިވާ ދެ ޝަރުތުގައި ހިމެނޭ ތަޢުލީމީ ސަނަދުގެ ތެރެއިން އެންމެ މައްޗަށް ހާސިލްކޮށްފައިވާ ސަނަދަކަށެވެ.

އިތުރު އަސާސީ ޝަރުޠު

  1. ޢުމުރުން 18 އަހަރު ފުރި، 55 އަހަރު ވެފައިވާ މީހެއްކަމުގައި ނުވުން. އަދި،
  2. އިސްލާމީ ޝަރީޢަތުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތްހެދުން އަދި ޚިޔާނާތްފަދަ ބޮޑު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން. އަދި،
  3. މިކޮމިޝަނުގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވި ދިޔަ މީހަކު ވަޒީފާގައި ހުރެ ކުރިމަތިލާ މީހާ ހޮވިއްޖެނަމަ އެމީހަކު ވަޒީފާއިން ވަކިވާން އެއްބަސްވާނެ ކަމުގެ ލިޔުން އޮތުން. އަދި،
  4. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކުކަމުގައި ނުވުން. އަދި،
  5. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހެއް ކަމުގައި ނުވުން. އަދި،
  6. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކޮށްފައިވާ މީހެއްނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 5 (ފަހެއް) އަހަރު ވެފައިވާ މީހަކުކަމުގައިވުން. އަދި،
  7. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން. އަދި،
  8. ކޮރަޕްޝަނުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، އަދި، އެފަދަ ތަޙުޤީޤަކުން ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ

މި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް ތިރީގައި އެވަނީއެވެ.

  1. ޕަބްލިކް/ބިޒްނަސް މެނޭޖްމަންޓް
  2. ޕަބްލިކް/ބިޒްނަސް އެޑްމިނިސްޓްރޭޝަން؛
  3. ހިއުމަން ރިސޯސަސް މެނޭޖްމަންޓް؛
  4. ޕޮލިޓިކަލް ސައިންސް؛
  5. ޤާނޫނު ނުވަތަ ޝަރީޢަތާއި ޤާނޫނު؛
  6. އެކައުންޓިންގ/ފައިނޭންސް؛
  7. ޕަބްލިކް ޕޮލިސީ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކަނޑައަޅާ ގަވާއިދުތަކާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ކޮމިޝަންގެ އިދާރާ ހިންގުމަކީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްތަކެވެ. މީގެއިތުރުން، ކޮމިޝަނުގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން، ކޮމިޝަން އިދާރީގޮތުން ހިންގައި ބެލެހެއްޓުމުގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  1. ކޮމިޝަން އިދާރީގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި، ކޮމިޝަނުގެ ބައްދަލުވުމަކުން ފާސްކުރުމަށްފަހު، ކޮމިޝަނުގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން؛
  2. ކޮމިޝަނުގެ މަޝްވަރާއާއެކު ކޮމިޝަނުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު، މެދު އަދި ކުރު ރާސްތާގެ މަޝްރޫޢުތައް އެކުލަވާލުމާއި، ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، އެމަޝްރޫޢުތައް ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން؛
  3. ކޮމިޝަނުގެ އިދާރީ ކަންތައްތަކުގައި ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ޙާލަތްތަކުގައި އެކަމުގައި ކޮމިޝަނަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުން؛
  4. ކޮމިޝަނުގެ އިދާރީ އޮނިގަނޑު (ބޭނުންވާ މުވައްޒަފުންގެ ޢަދަދާއި ފެންވަރު އެނގޭގޮތަށް) އެކުލަވާލައި، މުވައްޒަފުން ހޯދައި، ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން އެކުލަވާލުމާއި، ކޮންމެ މުވައްޒަފަކާވެސް، އެމުވައްޒަފެއްގެ ޒިންމާތައް އެނގޭނޭހެން އެމުވައްޒަފެއްގެ މަސައްކަތް ހަވާލުކުރުމާއި އެކަމާ ބެހޭ ރެކޯޑާއި ލިޔެކިއުންތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕަރފޮމެންސް އެޕްރައިސަލް ހެދުމަށްފަހު، ކޮމިޝަންގެ ލަފާގެމަތިން ވަޒީފާއަށް އެކަށީގެން ނުވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުން؛
  5. މުވައްޒަފުންނާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި އުޞޫލުތައް ކޮމިޝަނުގެ މެމްބަރުންގެ މަޝްވަރާގެމަތިން ހެދުމާއި، ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި މުވައްޒަފުންނާ ބެހޭގޮތުން ކޮމިޝަނުން ނެރޭ އެންގުންތަކާއި އިރުޝާދުތައް މުވައްޒަފުންނަށް އަންގައި، އެކަންތައްތައް ތަންފީޒުކުރުން؛
  6. މެމްބަރުންގެ މަޝްވަރާގެމަތިން ކޮމިޝަނުގެ އަހަރީ ބަޖެޓް އެކުލަވާލައި، ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅުން؛
  7. ކޮމިޝަން ހިންގުމަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ބަޖެޓްގެ ތެރެއިން ހޯދޭނެ އިންތިޒާމް ހަމަޖެއްސުމާއި، މުވައްޒަފުންނާއި މެމްބަރުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުން؛
  8. މުވައްޒަފުންނާއި މެމްބަރުން މަސައްކަތްކުރުމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް އެވަގުތަކަށް ހަމަޖައްސައިދެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ހަމަޖައްސައިދިނުން؛
  9. ކޮމިޝަނުގައި ވަޒީފާއަދާކުރާ ތަފާތު ފަންނީ ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރި ގޮތެއްގައި މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކޮށް ދެމެހެއްޓުމާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ގުޅުން ބަދަހިކުރުމާއި، މަޞްލަޙަތު ޤާއިމުކުރުވުން؛
  10. މުވައްޒަފުން މަސައްކަތް ކުރާގޮތް ބެލުމާއި، ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްވަރު ދިނުމާއި، ވަޒީފާއަށް ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅު އެޅުން.
  11. މުވައްޒަފުންގެ މަޢުލޫމާތާއި ހުނަރު އިތުރުކޮށް ފެންވަރު މަތިކުރުމަށް ބޭނުންވާނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، މަސައްކަތުގައި އިތުރު އެހީއަށް ބޭނުންވާ މުވައްޒަފުންނަށް އެހީތެރިވެދެވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުން؛
  12. މުވައްޒަފުންގެ ތެރޭގައި، ކަމަށްކަމޭހިތުމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، އިޚްލާޞްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ދުވަހުން ދުވަހަށް މަސައްކަތް ނިންމުންފަދަ ސިފަތައް އަށަގަންނުވައި، ކުރިއަރުވައި، މަސައްކަތުގެ އަޚްލާޤާއި ނަޒާހަތްތެރިކަން ހަރުދަނާކުރުވުން؛
  13. މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައިޖެހޭ މައްސަލަތައް ޙައްލުކޮށް އިންސާފު ޤާއިމުކުރުން؛
  14. އައު ގޮތްތައް ދިރާސާކުރުމާއި، އެހެން ތަންތާނގައި ކަންކުރާ ގޮތް ބަލައި، ކޮމިޝަނަށް އައު، ރަނގަޅު، މޮޅު ގޮތްތައް ހޯދައި، ދެނެގަނެ، އެގޮތްތައް ތައާރަފުކުރުމާއި މަސައްކަތްތައް ފަސޭހަކޮށް، އަވަސްކޮށް އަދި ޚަރަދު ކުޑަކޮށް ކުރެވޭނެ އައު ޓެކްނޮލޮޖީ ހޯދައި، އެ ޓެކްނޮލޮޖީ ތައާރަފުކުރުން؛
  15. ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ބޭރުގެ ފަރާތްތަކާ ވިއުގަކޮށް، ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާކޮށް ހެދުމާއި މަސައްކަތާ ގުޅުންހުރި ރޮނގުރޮނގުގެ މަޖައްލާއާއި އައު ހޯދުމާއި ޢިލްމީ ދިރާސާތަކަށް ޝައުޤުބަހައްޓައި، ހޯދައި، ލިބިގަނެ، މެމްބަރުން ނާއި މުވައްޒަފުންނާ ހިއްސާކުރުން؛

މަޤާމުގެ މައިގަނޑު އިތުރު މަސްއޫލިއްޔަތުތައް

މައިގަނޑު މަސްއޫލިއްޔަތުތަކުގެ އިތުރުން ތިރީގައިވާ ކަންކަމަކީވެސް ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްތުގެ ގޮތުގައި ހިމެނޭ ކަންކަމެވެ.

  1. ޤާނޫނުއަސާސީންނާއި، ކޮމިޝަނުގެ ޤާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، އެ މަސައްކަތްތަކުގައި އިރުޝާދުދޭނެ، މަސައްކަތް ކުރެވޭ މިންވަރު ބަލާނެ، މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރާނެ، މުރާޖަޢާކުރެވޭނެ، އަދި އެއަށް ފަހު ޢަމަލުކުރާނެ ގޮތްތައް އެކަށައަޅައި ތަންފީޒުކުރުމާއި އެކަންކަން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
  2. ކޮމިޝަނުގެ ސްޓްރެޓީޖިކް މަޤްޞަދުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޮމިޝަނުގެ މަސައްކަތްތައް ރާވާ ގޮތާއި، ކުރިއަށްދާގޮތް ބެލުމަށާއި، ޙާސިލުކުރެވޭ މައިގަނޑު ނަތީޖާތަކާއި ޖުމުލަ މިންވަރުތައް ދެނެގަންނާނެ މިންގަނޑުތަކާއި، ޓޫލްތައް އެކުލަވާލައި ތަންފީޒުކުރުމާއި އެކަންކަން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
  3. ކޮމިޝަނުގެ އިންސާނީ، މާލީ އަދި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ކޮމިޝަނުގެ ސްޓްރެޓީޖިކް މަޤްޞަދުތައް ޙާޞިލުކުރުމަށް މަސައްކަތް ކުރާނެ ގޮތްތައް އެކުލަވާލައި ތަންފީޒުކުރުމާއި އެކަންކަން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
  4. ކޮމިޝަނުގެ ތަސައްވުރާއި އަމާޒަށް ވާސިލުވުމަށް މާލީ ލަނޑުދަނޑިތައް ކަނޑައަޅައި،  ކޮމިޝަނުގެ މާލީ ސްޓްރެޓެޖީތަކާއި ވިސްނުންތައް ގެންގުޅޭނެ ގޮތްތައް އެކުލަވާލައި ނަތީޖާ ނެރެވޭނެހެން ތަންފީޒުކުރުމާއި، އެކަންކަން މުރާޖަޢާކުރާނެ ގޮތްތައް ކަނޑައަޅައި ތަންފީޒުކުރުމާއި މާލީ ލަނޑުދަނޑިތާ ގުޅުވާލެވޭ ނަތީޖާތައް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
  5. ކޮމިޝަނާ ގުޅުންހުންނަ އޮޑިޓު ރިޕޯޓުތަކުން ކޮމިޝަނާ ގުޅޭ ގޮތުން ފާހަގަކުރާ ކަންކަން ދެނެގަންނާނެ ގޮތްތައް އެކަށައަޅައި ތަންފީޒުކޮށް އެފަދަ ރިޕޯޓުތަކުން ފާހަގަކުރާ ކަންކަން އިސްލާހުކުރުމަށް ކުރުމާއި، އެ ކަންކަން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
  6. ކޮމިޝަނުގެ ތަސައްވުރާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޮމިޝަނަށް މާލީ އެހީތެރިކަން ހޯދާނެ ގޮތްތައް ކަނޑައަޅައި، އެކަންކަން ތަންފީޒުކޮށް އެ ކަންކަން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
  7. ކޮމިޝަނުގެ މާލީ ހާލަތު ދެނެގަތުމަށް ގެންގުޅޭ އާލަތްތައް (ޓޫލްސް، ޓެކްނީކްސް، ޕްރޮސެސަސް، އެޕްލިކޭޝަން މެތަޑް) ކަނޑައަޅައި ތަރައްޤީކޮށް  އެކަމުގެ މައްޗަށް ހަދަންޖެހޭ އެނާލިސިސްތައް ހަދައި އެކަންކަމުގެ ނަތީޖާތައް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
  8. ކޮމިޝަނުގެ އިންޓަރނަލް ކޮންޓްރޯލުތަކާއި، ޕްރޮކިއުމަންޓުގެ ނަޒާހަތްތެރިކަމާއި، އެކައުންޓިންގ ނިޒާމުތަކާއި، ފައިނޭންޝިއަލް ރިޕޯޓިން އަދި އިންޓަރނަލް އޮޑިޓް ތަރައްޤީކޮށް ހަރުދަނާކުރުމަށް ކުރާނެ ކަންކަން ކަނޑައަޅައި އެކަންކަމުގެ ނަތީޖާތައް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
  9. ކޮމިޝަނުގެ ހަރުމުދަލާއި މަޢުނަވީ މުދަލުގެ ނިޒާމުތަކުގެ ރެކޯޑާއި މަޢުލޫމާތާއި ތަފާސްހިސާބުތައް ބަލަހައްޓާނެ ގޮތްތައް އެކަށައަޅާއި އެކަންކަން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާހޯދުން؛
  10. ކޮމިޝަނުގެ ފައިނޭންޝިއަލް އަދި ޕްރޮކިއުމަންޓު ދާއިރާގެ ހިރާސްތައް ދެނެގަތުމަށް ޢަމަލުކުރާނެ ގޮތްތައް ކަނޑައަޅައި ލިޔުމުން އެކަންކަން އެކުލަވާލައި ތަންފީޒުކޮށް ނަތީޖާތައް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
  11. ކޮމިޝަނުގެ ޚަރަދުތައް ކުޑަކޮށް، ކޮމިޝަނުގެ މަސައްކަތްތަކަކީ ނަތީޖާނެރެވޭނެހެން ބައްޓަންކުރެވޭ ކަންކަމަށް ހެދުމަށް ޢަމަލުކުރާނެ ގޮތްތައް އެކަށައަޅައި އެކަންކަމުގެ ނަތީޖާތައް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
  12. ކޮމިޝަނަކީ އަޚްލާޤު ރަނގަޅު، ސުލޫކީ މިންގަނޑަށް ޢަމަލުކުރާ މުވައްޒަފުންތަކެއް އުޅޭ ތާކަށް ހެދުމަށް ބޭނުންވާ އަދި އެކަންކަން ދެނެގަތުމަށް ބޭނުންކުރާނެ އާލަތްތައް ތަރައްޤީކޮށް އެކަންކަން ދެނެގަނެ އެކަންކަން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
  13. ކޮމިޝަނުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ކޮމިޝަނުގެ ސީނިއަރ މެނޭޖްމަންޓަށް އިރުޝާދާއި ލަފާދޭނެ ގޮތްތައް އެކުލަވާލައި، ކޮމިޝަނުގެ ސީނިއަރ މެނޭޖްމަންޓް މީޓިންތަކަކީ ނަތީޖާ ނެރެވޭފަދަ ބައްދަލުވުންތަކަކަށް ހެދުމަށް ގޮތްތައް އެކަށައަޅައި، އެކަންކަން ތަންފީޒުކޮށް އެކަންކަމުން ލިބޭ ނަތީޖާތަށް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި އިރުޝާދު ހޯދުން؛
  14. ކޮމިޝަނަކީ، ކޮމިޝަނުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ހޯދަން ފަސޭހަ އަވަހަށް ޚިދުމަތް ލިބޭ ތާކަށް ހެދުމަށް ކުރާނެ ކަންކަން ކަނޑައަޅައި،  އާންމުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކަންކަން ކަނޑައަޅައި އެކަންކަން ތަންފީޒުކޮށް އެކަންކަމުން ލިބޭ ނަތީޖާތަށް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި އިރުޝާދު ހޯދުން؛
  15. ކޮމިޝަނުގެ އިދާރީ ހިންގުމަށް ޒަމާނީ ސުމޭކުކަން ގެނައުމަށް ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ތަޠްބީޤުކޮށް، އާންމުންނަށް ދޭ ޚިދުމަތްތައް ޒަމާނާ ގުޅޭ ގޮތަށް ބަދަލުކުރުމަށް ކުރެވޭނެ ކަންކަން ކަނޑައަޅައި، އެކަންކަން ތަންފީޒުކޮށް، އެކަންކަމުން ލިބޭ ނަތީޖާތަށް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި އިރުޝާދު ހޯދުން؛
  16. ކޮމިޝަނުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައަޅައި ޚިދުމަތާ މެދު ފާޑުކިޔާނެ ޒަމާނީ ނިޒާމެއް ޤާއިމުކޮށް ތަންފީޒުކޮށް އެކަންކަމުން ލިބޭ ނަތީޖާތަށް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި އިރުޝާދު ހޯދުން؛
  17. ކޮމިޝަނުގެ މަސައްކަތްތަކަށް ބޭނުންވާ އިނޮވޭޓިވް އަދި  އީޖާދީ ގޮތްތައް ހޯދައި، ޓެކްނޯލޮޖީގެ ވަސީލަތްތައް ތަޢާރަފުކުރަން ކުރާނެ ކަންކަން ކަނޑައަޅައި، އެކަންކަން ތަންފީޒުކޮށް އެކަންކަމުން ލިބޭ ނަތީޖާތަށް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި އިރުޝާދު ހޯދުން؛
  18. ކޮމިޝަނުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ މަޢުލޫމާތާއި ތަފާސްހިސާބު ދެނެގަނެ، އެ މަޢުލޫމާތު ހޯދައި ތަހުލީލުކޮށް (އެނަލައިޒްކޮށް) ކޮމިޝަނުގެ ނިންމުންތައް ނިންމުމުގައި ބޭނުންކުރެވޭނެ ހެން ކޮމިޝަނުން ކަނޑައަޅާ މުއްދަތުތަކުން ކޮމިޝަނަށް ހުށަހެޅުން؛
  19. ކޮމިޝަނުގައި ޤާއިމްކުރެވިފައިވާ ކޮމިޓީތަކުގެ މަޤްޞަދު ހާސިލުކުރުމަށް މަސައްކަތް ކުރުމާއި، އެކަންކަން ކުރުމުގައި ލިބޭ ނަތީޖާތަށް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި އިރުޝާދު ހޯދުން؛
  20. ކޮމިޝަނުގެ ސްޓްރެޓީޖިކް އަދި އޮޕަރޭޝަނަލް އެގްޒެކިއުޝަނުގައި (ތަންފީޒުކުރުން) ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ޙައްލުކުރާނެ ގޮތްތައް ކޮމިޝަނުން ކަނޑައަޅާ މުއްދަތުތަކުން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛

މަސައްކަތުގެ ފެންވަރު ބެލުން

ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ފެންވަރު ބެލުމުގައި ތިރީގައިވާ ކަންކަން ހިމެނެއެވެ.

  1. ކޮންމެ މީލާދީ އަހަރެއްގެ ފެށޭއިރު އެ އަހަރަކަށް ސެކްރެޓަރީ ޖެނެރަލް ރާވާ ކަންކަން ކޮމިޝަނަށް ހުށަހަޅައި އެކަންކަން ކޮމިޝަނުން ފާސްކުރުވުން؛
  2. ކޮންމެ އަހަރެއްގެ މެދުތެރޭގައި ސެކްރެޓަރީ ޖެނެރަލް އެ އަހަރުގެ ފުރަތަމަ ބައިގައި ކުރި މަސައްކަތްތަކާއި އެ މަސައްކަތްތަކުން ނުކުތް ނަތީޖާތައް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި އިރުޝާދު ހޯދައި އެއަށް ޢަމަލުކުރުން؛
  3. ކޮންމެ އަހަރެއް ނިމުމުން އެ އަހަރެއްގައި ސެކްރެޓަރީ ޖެނެރަލް ކުރި މަސައްކަތްތަކާއި އެ މަސައްކަތްތަކުން ނުކުތް ނަތީޖާތައް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.
  4. މަތީގައިވާ ހުރިހައި ޙާލަތްތަކެއްގައިވެސް ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކެއްގެ މައްޗަށް ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތްތަކަށް މާކުސްދީ މަސައްކަތުގެ ފެންވަރު ބަލާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. ( ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).

3. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަމަށް ކުރިމަތިލާ މީހާގެ އިޤްރާރު.

4. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

5. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

5.1   ތަޢުލީމީ ސަނަދުގެ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ) ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

5.2   ވަޒީފާއަށް ކުރިމަތިލާއިރު ތަޢުލީމީ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިޔުން ހުށަހަޅަން ވާނެއެވެ.

5.3   ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ.

5.4   ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ.

5.5   ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

5.6   އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

6. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ)

7. މިހާރު ވަޒީފާ އަދާކުރަމުންދާނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ އިދާރާއިން ދޫކޮށްފައިވާ ލިޔުން.

8. ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. (މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ)

9. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމު.

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު

ވަޒީފާއަށް ކުރިމަތިލާ ފަރާތް އެސެސްކުރާނެ ގޮތާއި، ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

 

  1. ތަޢުލީމީ ފެންވަރު 15%    
  2. އަސާސީ ތައުލީމީ ޝަރުތައްވުރެ މަތީ ސަނަދެއް އޮތުން 5%
  3. ހިންގުމުގެ ތަޖުރިބާ 15%
  4. އަސާސީ ތަޖުރިބާއަށްވުރެ އިތުރުވާނަމަ 5%
  5. އިންޓަވިއު %35
  6. ޕްރެޒެންޓޭޝަން 15%
  7. ގުޅުންހުރި ތަމްރީނު  10%

ސުންގަޑި

28 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން

އިތުރު މަޢުލޫމާތު

1. އެޕްލިކޭޝަން ފޯމް (ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު) ހުށަހަޅަން ޖެހޭނީ މިކޮމިޝަނުގެ ކައުންޓަރަށެވެ.

2. އެޕްލިކޭޝަން ފޯމް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި ތިރީގައި މިވާގޮތަށް އެޑްރެސް ކުރުމަށްފަހުއެވެ.

    އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް

                          މ.ފިނިފަރު 7 ވަނަ ފަންގިފިލާ

    (ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާއަށް އެދޭ ފޯމް)

 

3. އެޕްލިކޭޝަން ފޯމް އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.

4. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާފައިވާ ލިޔުންތަކަށް ރިޢާޔަތްކޮށް ސްކްރީންކުރުމަށްފަހު، ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓްލިބޭ 10 ފަރާތަށް ޕްރެޒެންޓޭޝަން އަދި އިންޓަރވިއު ކުރިއަށް ގެންދެވޭނެއެވެ.

5. ވަޒީފާއަށް އެދޭ ފޯމާއި، ކުށުގެ ރެކޯޑު ފޯމު މިކޮމިޝަނުގެ ކައުންޓަރުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

6. ފޯމް ބަލައިގަތުމަށްފަހު، ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠުހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލްކުރެވޭނެއެވެ.

7. ފޯމު ބަލައިގަތުމަށްފަހު މަޢުލޫމާތު ފުރިހަމަނުވާކަމަށް ނުވަތަ ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިނުވާކަން ފާހަގަވެއްޖެނަމަ، މަޢުލޫމާތު ފުރިހަމަކުރުމަށް ނުވަތަ ލިޔުން ހުށަހެޅުމުގެ ފުރުސަތު އެފަރާތަކަށް ދެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015207 / 3015208

އީމެއިލް: [email protected]

15 ޖަނަވަރީ 2025