ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 30-G/1/2015/96
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 30 ޖުލައި 2015 13:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑައިވަރސިފިކޭޝަން ޕްރޮގްރާމްއަށް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރއެއް ހޯދުމަށް 06 ޖުލައި 2015 ގައި ކުރެވުނު ނަންބަރު އިޢުލާން IUL)30-G/1/2015/85) އަށް ޝަރުޠު ހަމަވާ ފަރާތަކުން ވަޒީފާއަށް އެދި ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކުރުމަށް ފަހު އަލުން އިޢުލާން ކުރަމެވެ.

4 (ހަތަރެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ

މަޤާމު

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)

ސެކްޝަން

ޅ. ނައިފަރު (ނައިފަރު ކޯޕަރޭޓިވް ސޮސައިޓީ)، ޏ. ފުވައްމުލަކު (ފުނާޑް ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީ)، ސ. މީދޫ (އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީ) އަދި ހއ. ހޯރަފުށި (ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީ)

މަސައްކަތް ކުރަންޖެހޭ ތަން

05 މަސް

ވަޒީފާގެ މުއްދަތު:

މުސާރަ: -/7000 އާއި -/10000 ރުފިޔާ އާ ދެމެދު (ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި)

މުސާރަ:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓްގެ ނުވަތަ ކުރަން ޖެހޭ މަސައްކަތުގެ ދާއިރާއިން ދައްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
  • ފީލްޑްގައި މަސައްކަތްކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. މިމަޤާމުތަކަށް މުވައްޒަފުން ހޮވުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • އިނގިރޭސިބަހުން އަދި ދިވެހިން ފަރިތަކަމާއެކު މުޢާމަލާތް ކުރުމާ އެކު ރިޕޯޓު ތައްޔާރުކުރުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައި ވުން
  • މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޝަރުޠު:

މި މަޤާމުތަކުގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލީ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ހޯދުމަށް ގުޅުއްވާނީ 3341836 އަށް ނުވަތަ ތިރީގައިވާ އެޑްރެސްއަށް އީމެއިލް ކުރައްވާ [email protected]

ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް

  • ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  • ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފަ)
  • ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

 މަތީގައި ދެންނެވިފައިވާ މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ:

މާލެއިން ނަމަ:

ޕްރޮގްރާމް މެނޭޖަރ

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް

ހ.ވައިޓް ވޭވްސް،  މޫންލައިޓް ހިނގުން

މަތީގައި ދެންނެވިފައިވާ ރަށްތަކުން ނަމަ:

ރަށު ކައުންސިލް އަށް ހުށަހެޅުއްވުން އެދެމެވެ.

މިވަޒީފާތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.

20 ޖުލައި 2015