ދިވެހިރާއްޖެ
އިޢުލާން
ޑިޒައިން އެންޑް ބިލްޑް އުޞޫލުން، ހިންނަވަރު ޕޯޓްގެ ދެކުނު ފަޅީގައި ފެރީ ޓާމިނަލްއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި އިޢުލާނާއެކު ބިމުގެ ސަރަޙައްދުގެ ކުރެހުމާއި މިންތައް ހިމެނޭ ކުރެހުމެއް އެޓޭޗްކުރެވިފައިވާނެއެވެ. |
|||
*މިބިން ހިފުމަށް ބިޑް ފޯމް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، ތިރީގައިވާ ގޮތުގެމަތިން ބިޑު ފޯމު ގަނެ ހުށަހެޅުއްވުން އެދެމެވެ. |
|||
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
ބިޑު ފޯމް ވިއްކުން (ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 500.00ރުފިޔާއަށް ) |
15 ޖެނުއަރީ 2025 ވާ ބުދަ ދުވަހުން ފެށިގެން 22 ޖެނުއަރީ 2025ވާ ބުދަ ދުވަހަށް |
ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00އަށް |
ހިންނަވަރު ކައުންސިލްގެ އިދާރާއިން |
ޕްރީބިޑް މީޓިން (ބިޑް/ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމްވާނެއެވެ.( |
23 ޖެނުއަރީ 2025, ބުރާސްފަތި ދުވަސް |
ހެނދުނު 11:00 |
ހިންނަވަރު ކައުންސިލްގެ އިދާރާ |
ބިޑު ހުށަހެޅުން ( ޕްރޮޕޯސަލް ހުށަހެޅުން ) |
30 ޖެނުއަރީ 2025, ބުރާސްފަތި ދުވަސް |
ހެނދުނު 11:00 |
ހިންނަވަރު ކައުންސިލްގެ އިދާރާ |
* މި ބިޑް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްފޯމް ބައްލަވައިގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ޅ. ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ. ބިޑް ގަތުމަށް އެދޭ ފޯމު ހިންނަވަރު ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
* މި ބިމުގައި އަމިއްލަ ޚަރަދުގައި ވިޔަފާރިކޮށް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
* ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/500ރ (ފަސްސަތޭކަ ރުފިޔާ) އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަނބުރާދެވޭ ފައިސާއެއް ނޫނެވެ.
* ބިޑް ފޯމް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.
- ބިޑް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ގަތުމަށާއި ބިޑް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.
- ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
* ބިޑް ހުށަހަޅަންޖެހޭނީ، ބިޑު ފޯމްގައިވާ ގޮތުގެމަތިން ހުރިހާ މައުލޫމާތު ތަކެއް ފުރިހަމަކޮށް ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 30 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00ށް ޅ. ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ.
* ބިޑް ފޯމް ގަނެފައިވީނަމަވެސް، ޕްރީ ބިޑް މީޓިންގ އަށް ޙާޟިރުނުވާނަމަ، ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.