ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460/460/2015/11
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 06 ޖުލައި 2015 13:30
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ސެކްރެޓަރީ ޖެނެރަލް

މަޤާމު:

ސެކްރެޓަރީ ޖެނެރަލް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/20،500 (ވިހި ހާސް ފަސް ސަތޭކަ) ރުފިޔާ

ލީވިންގ އެލަވަންސް:

މަހަކު -/15،000 (ފަނަރަ ހާސް) ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ

ޑިޕާޓްމަންޓް:

އިދާރީ ހިންގުމާއި ފައިސާއާ ބެހޭ

މަޤާމުގެ ރޭންކް:

ސެކްރެޓަރީ ޖެނެރަލް

ފެންވަރު ނުވަތަ ޝަރުޠު:

  1. މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކޮށް ދައުލަތުގެ ނުވަތަ ބައިނަލްއަޤުވާމީ ޖަމާޢަތެއްގައި ހިންގުމާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއިން މާސްޓަރސް ޑިގުރީ ހާސިލުކޮށް ދައުލަތުގެ ނުވަތަ ބައިނަލްއަޤުވާމީ ޖަމާޢަތެއްގެ ވަޒީފާއެއްގައި ހިންމުމުގެ ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • މަތީގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރުން، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިސްނެގުމަށާއި ލީޑަރޝިޕަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަށާއި ހިންގުމުގެ ތަޖުރިބާއަށާއި ނަތީޖާ ހާސިލުކޮށްފައިވާ މިންވަރަށް ބެލެވޭނެއެވެ. އެގޮތުން ބެލެވޭނެ ކަންކަން ތިރީގައި މިވަނީއެވެ.
  1. ސީނިއަރ މެނޭޖްމަންޓް ފަންތީގެ ތަޖުރިބާ ލިބިފައިވުމާއެކު މިކަންކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށް ދިނުން. އަދި،
  2. ސީނިއަރ މެނޭޖްމަންޓްގައި މަސައްކަތްކުރި ދާއިރާގެ ހިއްސަދާރުންނާއެކު ނުވަތަ ދާއިރާ ހިއްސާކުރާ ބައިވެރިްނާއެކު ނަތީޖާ ހާސިލުކުރުމަށް ކަނޑައަޅައި ކަނޑައެޅި އަމާޒަށް ވާސިލުވެފައި ވާކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށް ދިނުން. އަދި
  3. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތައް އެނގޭކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށް ދިނުން. އަދި،
  4. ވަޒީފާއާ ބެހޭ ޤާނޫނާއި ގަވާއިދުތައް އެނގޭކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށް ދިނުން. އަދި ތަފާތު ގިންތިތަކުގެ (އިދާރީ އަދި ފަންނީ އެކި ރޮނގުރޮނގުގެ) މުވައްޒަފުންތަކެއް ގޮވައިގެން މަސއްކަތްކޮށް ނަތީޖާ ނެރެފައިވުމުގެ ތަޖުރިބާ ހާސިލުކޮށްފައި ވުމާއެކު ދާއިރާގެ ޕްރޮފެޝަނަލް ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން ދާއިރާ ހިންގުމުގައި ލީޑަރޝިޕް ދައުރު އަދާކުރެވިދާނެކަމުގެ ޤާބިލުކަން ހުރިކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށް ދިނުން. އަދި،
  5. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ދާއިރާއާ ގުޅޭ މައްސަލަތަކުގައި ލަފާދިނުމުގެ ޤާބިލުކަމާއި، ޤައުމީ، އަދި ބައިނަލްއަޤުވާމީ ފޯރަމްތަކުގައި ދާއިރާ ތަމްސީލު ކުރުމުގެ ޤާބިލުކަން އިންޓަރވިއު ޕެނަލަށް ސާބިތުކޮށް ދިނުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތަކާ އެއްގޮތަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިންގައި ބެލެހެއްޓުން.
  2. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޝެކްޝަންތަކަށް ބޭނުންވާ ލަފައާއި އިރުޝާދުދީ ސެކްޝަންތައް ހިނގަމުންދާގޮތް ބަލަހައްޓައި މަސައްކަތްތައް ތަރައްޤީ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  3. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ބޭރުގެ ބޭރުގެ އެހީދޭ ޖަމާޢަތްތަކާއި އެކުވެރި ދައުލަތްތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް ކޮމިޝަނަރުގެ ލަފާގެ މަތިން ޕްރޮޖެކްޓްތައް ރާވައި ފަންނީ އަދި މާލީ އެހީތެރިކަން ހޯދުން.
  4. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އަހަރީ ބަޖެޓް އެކުލަވާލައި، ބަޖެޓުން ކުރަންޖެހޭ ކަންކަން މާލިއްޔަތު ޤާނޫނާއި ގަވާއިދާއެއްގޮތަށް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)
  • ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ދާއިރާގެ މަސައްކަތާ ގުޅޭ ގޮތުން ފުރިހަމަކޮށްފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓް ތަކުގެ  ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތުގެ ތަޖުރިބާ ކަމުގައި ބަލާނީ ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ. މަސައްކަތާ ނުގުޅޭ ދާއިރާތަކުން ލިބިފައިވާ ތަޖުރިބާތަކަކަށް ނުބެލޭނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ނޯޓު:

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާން ކުރެވިފައިވާ ސެޓްފިކެޓްތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައި ވީނަމަވެސް ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާކަމަކަށް ނުބެލެވޭނެއެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

06 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް /ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990 ނަންބަރު ފޯނާއެވެ.

ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

29 ރަމަޟާން 1436

16 ޖުލައި 2015