ނީލަން
ނަންބަރު: (IUL)28-AD-2/1/2025/12
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 16:31
ސުންގަޑި: 27 ޖަނަވަރީ 2025 09:30
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުން

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު (IUL)28-AD-2/1/2024/217 އިޢުލާނާއި ގުޅިގެންއެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާނު ކުރީމެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.   

  1. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: ކ. ވިލިގިލި
  2. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2025 ޖަނަވަރީ 27 ވަނަ ދުވަހުގެ 09:35 ގައި
  3. ނީލަމުގައި ބައިވެރިވުމަށް ހާޒިރުވާންޖެހޭ ތަނާއި ގަޑި: ކ. ވިލިގިލި ފަޔަރ ސްޓޭޝަން ކާރިއަށް / ގަޑި: 09:30
  4. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި
  5. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 9633858

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ޖަނަވަރީ 2025