ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-5B/426/2025/27
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 28 ފެބުރުވަރީ 2025 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީ، މަރަދޫފޭދޫ އަވަށުގެ "އޮޕަރޭޝަން ކުރަނގި" މުއްދަތު އިތުރުކުރުމާއި ގުޅޭ

އިޢުލާން

އައްޑޫސިޓީ، މަރަދޫފޭދޫ އަވަށުގެ "އޮޕަރޭޝަން ކުރަނގި" މުއްދަތު އިތުރުކުރުމާއި ގުޅޭ

        ޤަވާއިދާޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއްހޯދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން "އޮޕަރޭޝަން ކުރަނގި" މި ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ދަނީ ކުރިއަށް ގެންދަމުންނެވެ. މިގޮތުން އައްޑޫސިޓީ މަރަދޫފޭދޫގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ޑޭޓާ ނެގުމުގެ މަސައްކަތް ވަނީ 31 ޑިސެންބަރ 2024 ގެ ނިޔަލަށް ކުރިޔަށް ގެންގޮސްފައެވެ. އެހެންނަމަވެސް މި މުއްދަތުގެ ތެރޭގައި ބަޔޯމެޓްރިކްސް ޑޭޓާ އެކުލަވާލެވިފައިނުވާ ފަރާތްތައް ހިމެނޭތީވެއާއި ބަޔޯމެޓްރިކްސް ދިނުމުގެ މުއްދަތު 28 ފެބުރުއަރީ 2025 ގެ ނިޔަލަށް ސަރުކާރުން އިތުރު ކުރުމަށް ހަމަޖައްސާފައިވާތީވެ، މަރަދޫފޭދޫގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އަދާހަމަ ކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް 28 ފެބުރުއަރީ 2025 ގެ ނިޔަލަށް މިއޮފީހުން ކުރިއަށް ގެންދާނެއެވެ.

        ބަޔޯމެޓްރިކްސް ނެގުމަށް ވަޑައިގަންނަވާއިރު ކޮންމެ ބިދޭސީ މަސައްކަތްތެރިއެއްވެސް، ޕާސްޕޯޓް އަދި ވޯކްވިސާ އާއި އެކު އެފަރާތުގެ ޒިންމާދާރުވެރިޔާގެ އައިޑީކާޑު ކޮޕީއެއް ގެނެސްދިނުން އެދެމެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް މަޢުލޫމާތު އަދާ ހަމަކުރުމަށް އެފަދަ ބިދޭސީންވެސް ފޮނުއްވާދެއްވުމަށް ދަންނަވަމެވެ.

        މި މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑު އަޙައްމިއްޔަތު ކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތަކަށް ވާތީވެ، ބިދޭސީން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މިކަމުގައި ދެއްވުމަކީ މި އޮފީހުގެ ވަރަށް ބޮޑު އެދުމެކެވެ. 28 ފެބްރުއަރީ 2025 ގެ ފަހުން ބަޔޯމެޓްރިކްސް ނެގިފައިނުވާ ބިދޭސީ ފަރާތްތަކާމެދު، ސަރުކާރުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅިގެންދާނެވާހަކަވެސް ދަންނަވަމެވެ.

        ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

ތަން: މަރަދޫފޭދޫ އަވަށު އޮފީސް

ގަޑި: ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ (09:00 އިން 13:00 އަށް)

 

14 ރަޖަބު 1446

14 ޖަނަވަރީ 2025

14 ޖަނަވަރީ 2025