ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/CA/2025/7
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:34
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙާފިޒުންގެ ހުރުމާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިވުމުގެ ފުރުސަތު

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ 

  ދިގުރަށް/ދިވެހިރާއްޖެ

 (IUL)353/CA/2025/7 :ނަންބަރ

އިޢުލާނު

 

 

 

ޙާފިޒުންގެ ހުރުމާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިވުމުގެ ފުރުޞަތު

ކުރީ އަހަރުތައް ފަދައިން، އަންނަ ރަމަޟާންމަހު މިރަށު 2 މިސްކިތުގައި އިމާމްވެ ތަރާވީޙް ނަމާދު ކުރުމަށްޓަކައި ޙާފިޒުން ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ މާތް މަޤްޞަދުގައި ކުރާ މިފަދަ ހެޔޮ ޢަމަލުތަކުގައި ބައިވެރިވެ އެހީތެރިވުމަކީ ނުހަނު ގިނަގުނަ ޘަވާބާއި ދަރުމަ ލިބޭނެ ކަމެއްކަން ކަށަވަރެވެ. އެހެންކަމުން، ޙާފިޒުންގެ ހުރުމާއި ކެއުމުގެ ކަންކަމުގައި ޞަދަޤާތުގެގޮތުން އެހީތެރިވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ގުޅުއްވާ މަޢުލޫމާތު ދެއްވުން އެދެމެވެ. މީގެ އިތުރުން ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި ކުލަލުންފަދަ ކަންކަމުގައި އެހީތެރިވުމުގެ ފުރުޞަތު ޢާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.

މިފަދަ އިޖުތިމާޢީ ކަންކަމުގައި ތަނަވަސްކަމުގެ އަހުލުވެރިންނާއި ދަރުމަވެރިންގެ ފަރާތުން ދެއްވާ އެއްބާލުލެއްވުމާއި އެހީތެރިކަން ނުހަނު އިޚްލާޞްތެރިކަމާއެކު ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

 

 

އިބްރާހީމް ޢުޘްމާން

ކައުންސިލްގެ ރައީސް 

 

14 ޖަނަވަރީ 2025