ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
އިޢުލާން ނަމްބަރ: 137-IU/PR/2025/04 |
ޕްރޮޖެކްޓް ނަމްބަރ: 137-PR/2025/G-03 |
ޕްރޮޖެކްޓްގެ ނަން:އައި.ޖީ.އެމް ހޮސްޕިޓަލުގައި ބޭނުންކުރަމުންދާ ޕާލޯ އަލްޓޯ ފަޔަރވޯލްގެ ލައިސަންސް 3 އަހަރައް ރިނިއުކޮށްދޭނެ ފަރާތެއް ހޯދުން
|
މި ހޮސްޕިޓަލުގައި ބޭނުންކުރަމުންދާ ޕާލޯ އަލްޓޯ ފަޔަރވޯލްގެ ލައިސަންސް އައުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
މި ބީލަމުގައި ބައިވެރިވާ ފަރާތަކީ އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއް ކަމުގައިވާންވާނެއެވެ. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވާންވާނެއެވެ.
- މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރު އަދި ފޯނު ނަމްބަރު އެގޭނެހެން14 ޖަނަވަރީ 2025އިން ފެށިގެން 19 ޖަނަވަރީ 2025 އަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
- މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ. މިމަސައްކަތާއިބެހޭ އެންމެހާ ލިޔެކިޔުންތައް 15 ޖަނަވަރީ 2025ގެ 14:00 ން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders އިން ޑައުލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ޖަނަވަރީ 2025ގެ 14:00ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސްތަކަށް އީމެއިލް ކުރެއްވުން އެދެމެވެ.
- މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ،10,000 ދިވެހި ރުފިޔާ (ދިހަ ހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިފެން 90 ދުވަހެވެ.
- ބީލަން ހުޅުވުން އޮންނާނީ 21 ޖަނަވަރީ 2025 ގެ 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހޅާ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކޮށްފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
- އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]
14 ރަޖަބް 1446
14 ޖަނަވަރީ 2025