ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2025/1
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި:
20 ޖަނަވަރީ 2025 21:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެމަޝްވަރާ ބައްދަލުވުން
މިރަށު ވަތަނިއްޔާ ޓެލެކޮމިއުނިކޭޝަން ޓަވަރުގެ އިރު ދެކުނު ކަނާ ދިމާއިން ވާ 65 ނަންބަރު ކޮށި އަދި 74 ނަންބަރު ކޮށި ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅާ ޒޯނެއްގެ ގޮތުގައި ހިމެނުމާމެދު ރައްޔިތުންނާ މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުމެއް 20 ޖެނުއަރީ 2025 ވާ ހޯމަދުވަހުގެ ރޭ 21:00 ގައި މިކައުންސިލްގެ އިދާރާގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ މިބައްދަލުވުމަށް މިރަށުގެ އެންމެހާ ރައްޔިތުން ވަޑައިގެންދެއްވުންއެދި ދައުވަތުއެރުވީމެވެ.
14 ޖަނަވަރީ 2025