ދިވެހިރާއްޖެ
ކަލާފާނުސްކޫލުގެ ކެންޓީން ހިންގާދޭނެ ފަރާތެއް ހޯދުމުގެ އިއުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- ކަލާފާނުސްކޫލްގެ ކެންޓީންގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހިންގައިއިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 14 ޖެނުއަރީ 2025 އިން 19 ޖެނުއަރީ 2025 އަށް ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3- ލިންކް: https://forms.gle/nsVZ3DufZ2wFR1jS9
4- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 ޖެނުއަރީ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 23 ޖެނުއަރީ 2025 ވަނަ ދުވަހުގެ 11:00 ގައި ކަލާފާނު ސްކޫލް ގައެވެ.
6- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކަލާފާނުސްކޫލް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3328991
އީ-މެއިލް: [email protected]