ދިވެހިރާއްޖެ
(IUL)258/258/2025/2 :ނަންބަރު
އިޢުލާން
ހަނިމާދޫ ކައުންސިލްގެ ޤުރްޢާން ކުލާހުގައި ދަރިވަރުން ރަޖިސްޓްރީކުރުން
ހަނިމާދޫ ކައުންސިލްގެ ޤުރްޢާން ކުލާހަށް ވަނުމަށް ބޭނުންވާ، އުމުރުން 4 އަހަރާއި 17 އަހަރާއި ދެމެދުގެ ދަރިވަރުން ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ.
ވީމާ ހަނިމާދޫ ކައުންސިލްގެ ޤުރްޢާން ކްލާހަށް ވަނުމަށް ބޭނުންވާ ދަރިވަރުން "ހަނިމާދޫ ކައުންސިލް ޤުރުޢާން ކުލާހަށް ވަނުމަށް އެދި ހުށައަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު، 2025 ޖަނަވަރީ 22 ވާ (ބުދަ) ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ. މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޤުރުޢާން ކުލާހަށް ވަނުމަށް އެދި ހުށައަޅާ ފޯމު ލިބެން ހުންނާނީ ހަނިމާދޫ ކައުންސިލް އިދާރާއިންނެވެ. އަދި ދަންނަވަމެވެ. މި އިދާރާގެ ނަންބަރ (IUL)258/258/2023/144 (2023 އޮކްޓޯބަރ 09) އިޢުލާނާއި ގުޅިގެން ފޯމު ހުށައަޅާފައިވާ ދަރިވަރުންވެސް އަލުން ފޯމު ހުށައެޅުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ރަޖަބް 1446
14 ޖަނަވަރީ 2025