މަސައްކަތް
ނަންބަރު: (IUL)334/334/2025/1
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 23 ޖަނަވަރީ 2025 10:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރާ ކައުންސިލްގެ 02 ވަނަ ރަންތާޖު ޤުރުއާން މުބާރާތް

އިޢުލާން

ހުރާ ކައުންސިލްގެ 02 ވަނަ ރަންތާޖު ޤުރުއާން މުބާރާތް:

 

މިކައުންސިލުން ރަށު ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތް "ހުރާ ކައުންސިލްގެ 02 ވަނަ ރަންތާޖު ޤުރުއާން މުބާރާތް 2025" މިއަހަރު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ބޭއްވުމުގެ މަޤްޞަދަކީ، ހުރާގައި ކީރިތި ޤުރުއާން ތަޖުވީދުގެ ހަމަތަކުން އުނގެނުމާއި، އުނގަންނައި ދިނުމާއި، ޤުރުއާން ތަރްތީލުކޮށް ކިޔެވުމުގެ ޤާބިލްކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމާއި، ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމެވެ.

މިމުބާރާތް ބޭއްވުމަށް މިކައުންސިލުން ނިންމާފައިވަނީ މުބާރާތް ބޭއްވުމުގެ ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާންކުރުމަށްފަހު، އެކަމަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އެކަމަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށްފަހު އެފަރާތަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ ގޮތަށެވެ. އެހެންކަމުން "ހުރާ ކައުންސިލްގެ 02 ވަނަ ރަންތާޖު ޤުރުއާން މުބާރާތް 2025" ބާއްވާ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބާއްވާ ޕްރީބިޑް މީޓީންގ އޮންނާނީ 16 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހު 11.00 ގައި ހުރާ ކައުންސިލްގެ އިދާރާގައެވެ.

   އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ

ފިތުރޯނުމަގު، ކ. ހުރާ

ފޯން : 6640074

އީމެއިލް: [email protected]

                             13 ރަޖަބް 1446 

                             13 ޖަނަވަރީ 2025  

13 ޖަނަވަރީ 2025