ދިވެހިރާއްޖެ
އިޢުލާން
މިއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް މަސްޖިދުލް މުސާވާތުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން:
މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަސްޖިދުލް މުސާވާތުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއްހޯދުމަށްވަނީ ބޭނުންވެފައެވެ.
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2025 ޖަނަވަރީ 13 ވާ ހޯމަ ދުވަހުންފެށިގެން 2025 ޖަނަވަރީ 19 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް 2025 ޖަނަވަރީ 20 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިއަށް ގެންދެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2025 ޖަނަވަރީ 26 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
އިވެލުލުވޭޝަން ކްރައިޓީރިއާ
- މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %70 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- މުއްދަތަށް: ޕޮއިންޓް (އެންމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- މަސައްކަތުގެ ތަޖުރިބާ: ޕޮއިންޓް (ތަޖުރިބާ ލިޔުމުގެ ގޮތުގައި ބަލާނީ ސަރުކާރުގެ އިދާރާތަކުން މިބާވަތުގެ މަސައްކަތްކުރިކަމަށް އެފަރާތުން ދޫކޮށްފައިވާ 20،000.00 ރުފިޔާއަށްވުރެ އަގުބޮޑު މަސައްކަތްތަކެވެ. އަދި ކޮންމެ ލިޔުމަކަށް 1 މާކްސްއެވެ. މިގޮތުން އެންމެ ގިނައިންދެވޭނީ 15 ޕޮއިންޓެވެ.)
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.