ބީލަން
ނަންބަރު: (IUL)GS-01/GS-01/2025/3
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 21 ޖަނަވަރީ 2025 14:00
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 ސައުންޑް ސިސްޓަމެއް ހޯދުން                          ނަންބަރ: IUL/GS-01/GS-01/2025/03

 މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތައް މި ސްކޫލަށް ސައުންޑް ސިސްޓަމެއް ގަތުމަށް ބޭނުންވެއްޖެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި އެވާ ލިންކް މެދުވެރިކޮށް 21 ޖެނުއަރީ 2025 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން https://bit.ly/3rtCbaB އަށް ރަޖިސްޓްރީވުމަށްފަހު، 28 ޖެނުއަރީ 2025 ވާ އަންގާރަ ދުވަހުގެ 11.00 ގައި މިސްކޫލަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  • ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:

1- ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

2- ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

3- ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

4- މި ބީލަމާއިގުޅޭގޮތުން  އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،  21 ޖެނުއަރީ 2025 ވާ އަންގާރަ ދުވަހުގެ14:00ގެ ކުރިން، މިސްކޫލަށް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

5- ބީލަން ހުޅުވުން އޮންނާނީ 28 ޖެނުއަރީ 2025 ވާ އަންގާރަ ދުވަހުގެ 11:05 ގައި  މިސްކޫލުގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

                 13 ރަޖަބު 1446                   

13 ޖެނުއަރީ 2025

13 ޖަނަވަރީ 2025