މަސައްކަތް
ނަންބަރު: (IUL)414-1/414/2025/3
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި:
23 ޖަނަވަރީ 2025 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހަޓް މަރާމާތުކުރުން
ބަނދަރުގެ ސަރަހައްދުގައިވާ 2 ހަޓް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ޖަނަވަރީ 2025 ވަނަ ދުވަހު 13:00 ށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ދެވޭ މައުލޫމާތު
- ދެ ހަޓް ސީލިން ކުރުން – (ސީލިންގް ކުރަންވާނީ 6އެމް.އެމް ސިމެތި ފިލާއިން)
- ދެ ހަޓުގައި ދިޔަދޮވި ހަރުކޮށް ހޮޅިގުޅުން
- ކޮންމެ ހަޓެއްގެ ސީލިންގު ގައި 2 ޑައުންލައިޓް (12ވޯޓް) އޮޓޯސްވިޗާއިއެކު ހަރުކުރުން
- ދެ ހަޓުގެ އެތޭގައި އިށީންދެވޭ ގޮތަށް ވަށައިގެން އަށި ހަދައި (އުސްމިން ''6.'2 ފުޅާމިން ''6.'1) މުށިޖެހުން
- ހަޓް ތަކުގެ އެތެރެއާއި ބޭރު އަދި ސީލިންގގައި ކުލަލުން
- ދެހަޓްގެ އެތެރޭގެ ތަޅުމުގައި މުށިޖެހުން
މާކުސް ދެވޭނެ މިންގަޑު
- އަގު: %70 (އަގަށް މާކުސްދިނުން: މިބަޔަށް އެންމެ މަތީ މާކުސް ލިބޭނީ އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށެވެ. ޖީއެސްޓީ ރަޖިސްޓްރީ ކޮއްފައިވާ ފަރާތެއްނަމަ އަގު ހުށަހަޅާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
- މުއްދަތު: %20 މުއްދަތަށް މާކުސްދިނުން: މިބަޔަށް އެންމެ މަތީ މާކުސް ލިބޭނީ އެންމެ ކުރުމުއްދަތެއްގައި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތަކީ އެންމެ މަތިން މާކުސް ލިބޭ ފަރާތްކަމުގައި ބަލައިގެންނެވެ.
- ފަންނީގާބިލުކަން/ތަޖުރިބާ: ފަންނީގާބިލުކަމަށް މާކުސްދިނުން: މިބަޔަށް މާކުސް ދިނުމުގައި ބަލާނީ ވޭދުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މަތީގައިވާ އަންދާސީ ހިސާބު ހުށަހެޅުމަށް ދެވުނު މައުލޫމާތުގައިވާ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރިކަން އަންގައިދޭ ރިފަރެންސް ލިޔުންތަކަށް ބަލައިގެން ކޮންމެ ލިޔުމަކަށް 2 މާކުސް. އެންމެ ގިނަވެގެން ދެވޭނީ 5 ލިޔުމަށް 10 މާކުސް
13 ޖަނަވަރީ 2025